logo

ބަޖެޓާ ބެހޭގޮތުން އިދިކޮޅުން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މެމްބަރު ޝާހިދު

profile

އައިމިނަތު ރޫޔާ - 25 ނޮވެމްބަރު 2024 - 13:05

އައްޑޫގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)-- ފޮޓޯ: މަޖިލިސް

އައްޑޫގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)-- ފޮޓޯ: މަޖިލިސް

ބަޖެޓާ ދޭތެރޭގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، ހަގީގަތަކީ މިއީ މިއަދުގެ ސަރުކާރުން ދިވެހި ގައުމާއި ރައްޔިތުންނަށް ހެވާއި ލާބައާއި މަންފާއަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ މުހިއްމު ކަންކަން ހިންގުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހުށަހަޅައި ފުރަތަމަ ބަޖެޓް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ބަޖެޓަކީ ހަގީގަތުގައި އައްޑޫ އަތޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ބަޖެޓެއް ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް މާލޭ ފިޔަވައި ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގޭ އެންމެ ބޮޑު މަޝްރޫއުތައް ހިންގަން ހުށަހަޅާފައިވާ ބަޖެޓް ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންވެސް ވީހާވެސް އަވަހަކަށް މި ބަޖެޓް ފާސްކޮށްދެއްވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫގެ ރައްޔިތުންގެ ކަންކަމާއި ގުޅުންހުރި ވަރަށް ގިނަ ކަންކަން ބަޖެޓުގައި ހުރިކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ސަރުކާރަކީ އެއްވެސް ކަމެއްކޮށް ނުދީ، ކަމެއް ނުކުރެވެނީސް ނުވަތަ ކަމެއް ނުކުރުމުގެ ނިޔަތުގައި ވެރިކަމަށް އައި ސަރުކާރެއް ނޫންކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާ އަކީ ވަރަށް ތެދުވެރި، އިހުލާސްތެރި ބޭފުޅެއް، ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް" މެމްބަރު

މެމްބަރު ވިދާޅުވީ ރައްޔިތުންނަށް އޮޅޭ ގޮތަށް އެއްވެސްކަމެއް ކުރާކަށް ރައީސް ބޭނުންފުޅެއް ނުވާނެ ކަމަށާއި ރައްޔިތުންނަށް ހުރިހާ ކަމެއް ދުވަހުން ދުވަހަށް، ރާއްޖޭގެ ހިނގާ ހުރިހާ ކަމެއް ސަރުކާރުގެ އެތެރެއިންވެސް ،ބޭރުންވެސް ކުންފުނިތަކުންވެސް، އަދި މިނިސްޓްރީތަކުންވެސް ހުރިހާ ކަމެއް އާއްމުކުރައްވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ސަރުކާރު ހިނގަމުންދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި ރައްޔިތުން ބޭނުންވަނީ ހަގީގީ މައްސަލަތަކާއި އެއްކޮށް ރައްޔިތުން ބޭނުންވާ ކަންކަމަށް ހައްލު ގެނައުން ކަމަށެވެ.

https://wamco.com.mv/
tel:+9607331319