logo

އަދިވެސް ފެންނަނީ ކުރީގެ ސިޓީއެއް ނޫން - ކޯޗް ޕެޕް ގާޑިއޯލާ

profile

މުހައްމަދު ޞާދިޤް - 05 ޖެނުއަރީ 2025 - 06:49

މޮޅުވި ނަމަވެސް އަދި ދަނޑުމަތިން ފެންނަނީ ކުރީގެ މެންޗެސްޓަރ ސިޓީކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ސިޓީގެ ކޯޗް ޕެޕްގާޑިއޯލާ ބުނެފިއެވެ.

https://wamco.com.mv/

ރޭ މެންޗެސްޓަރ ސިޓީގެ ދަނޑުގައި ވެސްޓްހެމްއާ ދެކޮޅަށް ކުޅުނު މިމެޗް ނިމުނީ 4-1 އިން ސިޓީ ކާމިޔާބު ކޮށްގެންނެވެ. މެޗްގެ ސިޓީގެ ފުރަތަމަ ލަނޑަކީ އެސްޓްހެމްގެ ވްލަޑްމިއަރ ކޫފަލްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ އާރލިންގ ހާލަންޑެވެ. މީ މިދިޔަ އޯގަސްޓް މަހުގެ ފަހުން ހާލަންޑް އެއްމެޗެއްގައި ދެލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސިޓީގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. މެޗްގައި ވެސްޓްހެމް އިން ޖެހި ހަމައެކަނި ލަނޑު 71ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކުރުގެވެ. މިނަތީޖާއާއެކު ސިޓީވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. ވެސްޓްހެމް އޮތީ ތޭރަވަނައިގައެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ ފަހުން މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން ދެމެޗުން މިނޫނީ މޮޅުވެފައެއް ނުވެއެވެ. ކުއްލިއަކަށް ދަށްނަތީޖާތަކަކާ ކުރިމަތިލާންޖެހި ގަދަ ހަތަރަކުން އެޓީމްވަނީ ވެއްޓިފައެވެ.

ކޯޗް ގާޑިއޯލާބުނީ ނަތީޖާ މިހެން ފެނުނު ނަމަވެސް ޓީމްގެ ކުޅުމަށް މާބޮޑު ބަދަލެއް އަދިވެސް ނާންނަ ކަމަށެވެ. އަދި މީ މެންޗެސްޓަރ ސިޓީގެ ލެވެލް ނޫންކަމަށެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ ކަމަށާއި ހަމަޖެހިލައިގެން ނިދާލެވޭނީ މިމަހުގެ 11 ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާއި ސަލްފޯޑް ބައްދަލުކުރާ މެޗަށްފަހު ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv