
މަޤާމުން އެއްފަރާތް ކުރުމަކީ ގާތްކަމެއް - ގާޑިއޯލާ

މުހައްމަދު ޞާދިޤް - 02 ޑިސެމްބަރު 2024 - 08:28
މަޤާމުން އެއްފަރާތް ކުރުމަކީ ގާތްކަމެއް ކަމުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ދިފާޢީ ޗެމްޕއަނުން ކަމަށްވާ މެންޗެސްޓަރ ސިޓީގެ ކޯޗްނޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީ ނެރެމުން އަންނަ ދަށްނަތީޖާ ތަކާއެކު އެތައް ޕްރެޝަރެއް ނަގަމުން އަންނަ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެމުންބުނީ މަޤާމުން ވަކިކުރުމަކީ މިހާރު ވަރަށް ގާތްކަމެއް ކަމަށެވެ. ގާޑިއޯލާ މިހެންބުނީ ލިވަޕޫލް އަތުން 2-0ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ. އާދީއްތަ ދުވަހު ކުޅުނު މިމެޗާއެކު ޖެހިޖެހިގެން 7 މެޗް އެޓީމަށް މޮޅެއް ނުލިބި ވަނީ ނިންމާލަން ޖެހިފައެވެ. މިއާއެކު އެޓީމްގެ ސަޕޯޓަރުންގެ ޕްރެޝަރ ކޯޗް ގާޑިއޯލާއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައެވެ.
ގާޑިއޯލާބުނީ އެންފީލްޑްގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން އައި ބަސްތަކަކީ އުއްމީދުކުރި ކަމެއް ނޫންކަށެވެ. ނަމަވެސް އެކަން އޮގޮތަށް ވުމަކީވެސް ގާތްކަމެއް ކަމެށެވެ. ލުވަޕޫލަށް އަބަދުވެސް އޭނާގެ އިޙްތިރާމް ލިބޭނޭ ކަމަށެވެ. މެންޗެސްޓަރ ސިޓީގެ ބެންޗާ ދިމާލުން ލިވަޕޫލްގެ ސަޕޯޓަރުން ގޮވަމުންދިޔައީ މާދަމާ ހެނދުނު މަޤާމުން ވަކިކުރާނެ ކަމަށެވެ.
މިދިޔަ މަސްތެރޭގައި ސިޓީއާއެކު އިތުރު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ގާޑިއޯލާބުނީ ކޮންމެ ސްޓޭޑިއަމަކުންވެސް އޭނާ ވަކިކުރަން ބޭނުންވާ ކަމަށެވެ. 53 އަހަރުގެ ގާޑިއޯލާބުނީ މިހާރު ފެންނަމުން މިއަންނަ ނަތީޖާތަކުގެ ސަބަބުން އެހެން ބުނުގެ ފުރުޞަތުވެސް އެބައޮތް ކަމަށެވެ.
ގާޑިއޯލާވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ 7 ސީޒަންގެ ތެރެއިން 6 ސީޒަން އޭނާވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ނަމަވެސް އެޓީމްވަނީ މިހާރު ލީގު ތާވަލްގެ ގަދަ ހަތަރަކުން ވެއްޓި ފަސްވަނަ މަޤާމްގައެވެ.