
ޕެޕް ގާޑިއޯލާ
އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ

ޙުސައިން ފަޒީލް - 31 މޭ 2023 - 16:56
ލީގް މެނޭޖާސް އެސޯސިއޭޝަންއިން ކޯޗުންގެ މެދުގައި ބާއްވާ އިންތިހާބުން އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހޮވިއްޖެއެވެ. މިއީ މި މަޤާމު ގާޑިއޯލާ ހޯދި ތިންވަނަ ފަހަރެވެ. އޭނާވަނީ އިނގިރޭސި ޕްރިމިއަ ލީގުގެ ކްލަބު މެންޗެސްޓާރ ސިޓީއަށް ޖެހިގެހިގެން ތިންފަހަރު ލީގް ޗެމްޕިއަންކަން ހޯދައިދީފައެވެ. ސަރ އެލެކްސް ފާގަސަންގެ ނަމަށް ޓްރޮފީގެ ނަން ބަދަލުކުރި ފަހުން ތިންފަހަރެއްގެ މަތިން ގާޑިއޯލާ ވަނީ މި އެވޯޑް ވަނީ ހޯދާފައެވެ.
ލީގް މެނޭޖާސް އެސޯސިއޭޝަންއިން މިމަގާމު ހޮވަން އިނގިރޭސިވިލާތުގެ ހުރިހާ ޑިވިޝަންނެއްގައި މަސައްކަތްކުރާ ކޯޗުންގެ މެދުގައި ވޯޓުލައެވެ. އަދި މަގާމު ދެނީ ވޯޓުގެ އަޣުލަބިއްޔަތު ލިބޭ ފަރާތަށެވެ. މިސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ދާދިފަހުން އޭނާވަނީ ހާސިލްކޮށްފައެވެ. މި ޓްރޮފީއާއެކު ގާޑިއޯލާވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. މިއަށްވުރެ ގިނައިން މި އިނާމު ހޯދާފައިވަނީ މިޓްރޮފީގެނަން އެކޯޗެއްގެ މައްޗަށް ނިސްބަތްކުރެވޭ ސަރ އެލެކްސް ފާގަސަން އެވެ. މި ސީޒަންގައި މެސްޗެސްޓާރ ސިޓީއަށް މުހިންމު ދެމެޗެއް އަދި އެބައޮތެވެ. އެއީ ޖޫން 3ގައި އޮންނަ އެފް.އޭކަޕްގެ ފައިނަލާއި އަދި އެމަހު އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. އެފް.އޭ ކަޕް ފައިނަލުގައި ސިޓީ ނިކުންނާނީ ޔުނައިޓަޑާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ޖޫން 10ވަނަ ދުވަހު މެންޗެސްޓާރ ސިޓީ އިންޓަމިލާނާއި ދެކޮޅަށް ކުޅޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން