
ޗެމްޕިއަންސް ލީގު - މެންޗެސްޓަރ ސިޓީ ނާޒުކު ފައްތަރެއްގައި

މުހައްމަދު ޞާދިޤް - 29 ޖެނުއަރީ 2025 - 08:33
ޔޫއެފާ ޗެމްޕއަންސް ލީގުގައި މެންޗެސްޓަރ ސިޓީ މިހާރު އޮތް ޕޮޒިޝަންގެ ގޮތުން މުބާރާތުން ކެޓުމަކީ ވަރަށް ގާތް ކަމެކެވެ.
ޗެމްޕިއަންސް ލީގު 2024-2025 ގެ ފޯމެޓް އެކުލަވާލާފައި އޮތްގޮތުން މިހާރު ކުރިޔަށްދަނީ ލީގު ބުރުގެ ކުޅުމެވެ. މުބާރާތް ރޭވިފައި އޮތްގޮތުން ލީގު ބުރު ނިމޭ އިރު ގަދަ ސޯޅައަށް ދަތުރުކުރާނީ ލީގުގެ އެންމެ ކުރީގައި އޮންނަ 8 ޓީމާއި ޕްލޭ އޮފްގެ ޖާގަ ލިބޭ 16 ޓީމްގެ ތެރެއިން 8 ޓީމެވެ. ޕްލޭ އޮފްގެ ޖާގަ ލިބޭނީ ލީގު ބުރުގެ 9 ވަނައިން ފެށިގެން 24 ވަނައިއިގައި ހިމެނޭ ޓީމްތަކަށެވެ. އެޓީމްތަގެ ތެރެއިން 8 ޓީމެއް ގަދަ ސޯޅައަށް ދަތުރުކުރާ ގޮތަށެވެ. އަދި 36 ޓީމް ވާދަކުރާ ލީގު ބުރުގެ 25 ވަނައިން ފެށިގެން ދަށުގައި ހިމެނޭ ޓީމްތައް މުބާރާތުން ކަޓާނެއެވެ.
އެހެންކަމުން މިރޭގެ ނަތީޖާތައް ނިކުންނަ ގޮތަކުން އިނގިރޭސި ގަދަބާރު މެންޗެސްޓަރ ސިޓީ މުބާރާތުން ކެޓުމަކީ އެކަށީގެންވާ ކަމެކެވެ. އެޓީމް އޮތީ ލީގު ތާވަލްގެ 25 ވަނައިގައެވެ. ޕްލޭއޮފް ޖާގައެއް ލިބޭނީ ތާވަލްގެ 21، 22، 23، އަދި 24 ވަނައިގައި 10 ޕޮއިންޓާއެކު އޮތް 4 ޓީމް ބަލިވެ މެންޗެސްޓަރ ސިޓީ މޮޅުވެގެން 11 ޕޮއިންޓް ހަމަކޮށް ގެންނެވެ. މި 4 ޓީމް މޮޅު ވެއްޖެނަމަ މެންޗެސްޓަރ ސިޓީއަށް ޖެހޭނީ ޗެމްޕިއަންސް ލީގާ އަލްވަދާއު ކިޔާށެވެ. ޔޫރަޕާ ލީގާއި ޔޫއެފާ ކޮންފެރެންސް ލީގުވެސް ކުރިޔަށްދާނީ ހަމަ މި އުސޫލުންނެވެ.
ޗެމްޕިއަންސް ލީގުގެ ލީގުބުރުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރީ ލިވަޕޫލެެވެ. އެޓީމް އެއްވަނައިގައި އޮތީ ކުޅުނު 7 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުރަތަމަ ލެގުގައި ސިޓީއިން ބެޔާން ބަލިކޮށްފި
2 އަހަރު ކުރިން

ނަޕޯލީ ބަލިކޮށް އޭސީ މިލާން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލް އަށް
2 އަހަރު ކުރިން

ބެޔާން މިއުނިކް ބަލިކޮށް ޗެމްޕިއަންސް ލީގު ސެމިފައިނަލް އަށް މެންޗިސްޓާ ސިޓީ
2 އަހަރު ކުރިން

ޔޫރަޕުގެ ކިންގުން ބަލިކޮށް މެންޗިސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް!
2 އަހަރު ކުރިން