.jpg&w=3840&q=75)
ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން...
އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން ޗެލްސީ ބަލިވެއްޖެ

ހަސަން ޝަމްއޫން - 13 އޭޕްރީލު 2026 - 05:51
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ނިކޯ އޯ ރެލީއެވެ. އަދި އޭގެ ހަ މިނެޓުފަހުން އެޓީމުގެ ޑިފެންޑަރު މާކް ގޭހީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ސިޓީ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިއީ ލީގުގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން މެންޗެސްޓާ ސިޓީއަށް 64 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި ތާވަލުގެ އެއްވަނައިގައި 32 މެޗުން ހޯދި 70 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، މިމަހުގެ 19 ވަނަ ދުވަހު ސިޓީގެ ދަނޑުގައި މިދެޓީމު ވާދަކުރާނެއެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 32 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެތްލެޓިކޯ އަތްދަށުވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިފި
14 ގަޑިއިރު ކުރިން

ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަން ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
14 ގަޑިއިރު ކުރިން

އޮކާފޯގެ ދެލަނޑާއެކު ޔުނައިޓެޑް ބަލިކޮށް ލީޑްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި
2 ދުވަސް ކުރިން

އަލް އުޚްދޫދު ބަލިކޮށް އަލް ނަސްރުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި
3 ދުވަސް ކުރިން


.gif&w=3840&q=75)