
ސާޖް މިލިންކޮވިޗް ސަވިޗް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 29 އޭޕްރީލު 2026 - 10:54
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑަމަކް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން އެއްވަނައިގައި އޮތް އަލް ނަސްރު އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޚުލޫދު އާއި ވާދަކޮށް ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ޑަމަކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އަލް އުޚްދޫދު ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ހިލާލް އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓްކުރިއިރު. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް ސަވިޗް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތީޖާއެކު ލީގުގައި އަލް ހިލާލް ކުޅުނު 29 މެޗުން އެޓީމަށް 71 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.
މީގެ އިތުރުން މިރޭ ތާވަލުގެ އެއްވަނައިގައި އޮތް އަލް ނަސްރާއި ތިންވަނައިގައި އޮތް އަލް އަހްލީ ވާދަކުރާ މެޗުން އަލް ނަސްރު މޮޅުވެއްޖެނަމަ އެޓީމަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީި މިރޭ ރާއްޖެ ގަޑިން 23:00 ގައެވެ
ގުޅުން ހުރި ޙަބަރުތައް

ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި
7 ގަޑިއިރު ކުރިން

ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
2 ދުވަސް ކުރިން
.jpg&w=3840&q=75)
ފަހަތުން އަރައި ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓާ ސިޓީ، އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
4 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
4 ދުވަސް ކުރިން


.gif&w=3840&q=75)