
މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން...
ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި

ހަސަން ޝަމްއޫން - 27 އޭޕްރީލު 2026 - 22:02
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްްލަ ދަނޑުގައި ބްރެންޓްފޯޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެންޓްފޯޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފިލްޑަރު ކާލޯސް ކަސަމީރޯއެވެ. މިއީ އެޓީމުގެ ޑިފެންޑަރު ހެރީ މެގުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްލޮވޭނިއާ ފޯވާޑް ބެންޖަމީން ޝެސްކޯ އެވެ. މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން،ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފޯޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފިލްޑަރު މެތައެސް ޖެންސެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމަށް ބާކީ އޮތް ހަތަރު މެޗުން އެޓީމަށް މިހާރު ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑުން ލީގުގައި ކުޅުނު 34 މެޗުން ހޯދި 48 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި
މަހެއް ކުރިން

އެތްލެޓިކޯ މެޑްރިޑުން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
މަހެއް ކުރިން

އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް
މަހެއް ކުރިން

ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި
2 މަސް ކުރިން


.gif&w=3840&q=75)