
ޕީއެސްޖީ އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން
ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި

ހަސަން ޝަމްއޫން - 29 އޭޕްރީލު 2026 - 04:52
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 5-4 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ބަލިކޮށް ޕީއެސްޖީ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި ބަޔާން ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 6-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިޔުނިކުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑާއެކު ޕީއެސްޖީ އިން ތިން ލަނޑުގެ ލީޑެއް ވެސް ހޯދިއެވެ.
މިއާއެކު ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ތިން މިނެޓް ތެރޭގައި ދެލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ ފަހު ވަގުތު ޕީއެސްޖީގެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
އެގޮތުން މިމެޗުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އަދި ޚަވިޗާ ކަވަރަޓްސްޚޭލިއާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޖޯއައު ނެވޭސް އެވެ. އަދި މީގެ އިތުރުން މިމެޗުގައި ބަޔާން މިޔުނިކުގެ މައިކަލް އޮލީސޭ، ހެރީ ކޭން، ލުއިސް ޑިއާޒް އަދި ޑިފެންޑަރު ޑަޔޮޓް އަޕަމެކާނޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް
ގަޑިއިރެއް ކުރިން

ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
2 ދުވަސް ކުރިން
.jpg&w=3840&q=75)
ފަހަތުން އަރައި ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓާ ސިޓީ، އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
4 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
4 ދުވަސް ކުރިން


.gif&w=3840&q=75)