logo
ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..

ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..

ތަފާތުބޮޑު ނަތީޖާއަކުން ސިޓީ އަތުން ބަލިވެ ލިވަޕޫލް އެފްއޭކަޕްގެ ކުއާޓާ ފައިނަލުން ކަޓައިފި

profile

ހަސަން ޝަމްއޫން - 04 އޭޕްރީލު 2026 - 15:35

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

https://wamco.com.mv/

އެފްއޭކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ އިން ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ނިއުކާސަލް ޔުނައިޓެޑް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި ވުލްވްސް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވަނީ މެންޗެސްޓާ ސިޓީ އިންނެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 28 ވަނަ ހެޓްރިކެވެ. އަދި ސިޓީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ.

މިނަތީޖާއެކު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިއީ އެޓީމު ޖެހިޖެހިގެން އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދި އަށްވަނަ ފަހަރެވެ. މީގެ އިތުރުން މިއީ 1947 ގެ ފަހުން ލިވަޕޫލް އަތުން އެޓީމު ޖެހިޖެހިގެން ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk