logo
ފްރާންސާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން..

ފްރާންސާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން..

ޑޫއޭގެ ދެލަނޑާއެކު ކޮލަމްބިއާ އަތުން ފުރާންސްއަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 30 މާރިޗު 2026 - 05:45

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ފްރާންސް އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

އެމެރިކާގައި މިއަހަރު އޮންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން އެންމެ ފަހުން ކުޅުނު މެޗުގައި ބްރެޒިލް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކޮލަމްބިއާ އިން އެންމެ ފަހުން ކުޅުނު ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލަމްބިއާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒެއާ ޑޫއޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާކަސް ތުރާމް އެވެ.

މެޗުގެ ދެވަނަ ހާފުގައި ކޮލަމްބިއާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިިއިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި ފްރާންސްގެ ތިންވަނަ ލަނޑު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑޫއޭ ކާމިޔާބުކުރިއިރު، މިއީ އުމުރުން 20 އަހަރުގެ ފޯވާޑް ގައުމީ ޓީމަށް ކުޅުނު ހަ މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ކޮލަމްބިއާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖެމިންޓަން ކެޕަޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފުރާންސް ކުރީގައި އޮވެގެންނެވެ. އަދި މިއީ މިދެޓީމު މިހާތަނާށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ފްރާންސް މޮޅުވި ތިންވަނަ މެޗެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk