logo
ބްރެޒިލް އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން

ބްރެޒިލް އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން

15 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފުރާންސުން ބްރެޒިލް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 27 މާރިޗު 2026 - 02:06

ބަނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލް އާއި ފްރާންސް ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 1-2 ގެ ނަތީޖާއަކުން ފްރާންސް އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

މިއީ 2015 ވަނަ އަހަރުގެ ފަހުން މިދެޓީމު ވާދަކުރި ފުރަތަމަ މެޗެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ބްރެޒިލް އިން ކާމިޔާބުކޮށްފައިވާއިރު، މިއީ 2011 ވަނަ އަހަރު ފެބްރުއަރީގެ ފަހު ބްރެޒިލް އަތުން ފުރާންސް މޮޅުވި ފުރަތަަމަ މެޗެވެ.

އެމެރިކާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފްރާންސުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ.

މިއީ އެޓީމުގެ އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރެޒިލްގެ ކީޕަރު އެޑަސަންގެ ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައި ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ބްރެޒިލް އިން ވަރުގަދަކޮށް ފެށިއިރު، ފްރާންސްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޑޭޔޯޓް އަޕަމެކާނޯއަށް ދެއްކި ރަތްކާޑާއެކު އެވެ. މިއާއެކު މެޗުގެ ބަކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ނަމަވެސް އޭގެ 10 މިނެޓް ފަހުން ފްރާންސުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހޫގޯ އެކިޓިކޭ އެވެ. އަދި ބްރެޒިލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބްރޭމާރ އެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk