logo
ބަޔާން މިޔުނިކާއި ޔޫނިއަން ބާލިން ވާދަކުރި މެޗުގެ ތެރެއިން..

ބަޔާން މިޔުނިކާއި ޔޫނިއަން ބާލިން ވާދަކުރި މެޗުގެ ތެރެއިން..

ފަސޭހަކަމާއެކު ޔޫނިއަން ބާލިންގ ބަލިކޮށް ބަޔާން މިޔުނިކުން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

profile

ހަސަން ޝަމްއޫން - 21 މާރިޗު 2026 - 23:22

ޖަރުމަނު ބުންޑަސްލީގާގައި މިރޭ އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިންގ އާއި ވާދަކޮށް ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެ ބަޔާން މިޔުނިކުން ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

https://wamco.com.mv/

ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެޗުގައި ބަޔާ ލެވަކޫސަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ޔޫނިއަން ބާލިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ފްރައިބާގް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ ސާޖް ގްނެބްރީ ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ހެރީ ކޭން އަދި މައިކަލް އޮލީސޭ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިޔުނިކްގެ ސާޖް ގްނެބްރީ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން ބަޔާން މިޔުނިކަށް 70 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔޫނިއަން ބާލިން އިން ލީގުގަައި ކުޅުނު 27 މެޗުން ހޯދި 31 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk