
ލިވަޕޫލް އާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން..
ވެލްބެކްގެ ދެލަނޑާއެކު ބްރައިޓަން އިން ލިވަޕޫލް ބަލިކޮށްފި

ހަސަން ޝަމްއޫން - 21 މާރިޗު 2026 - 23:22
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރައިޓަން އިން ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނޫ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ބްރައިޓަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ޑެނީ ބެލްބެކް އެވެ. މިއީ އެޓީމުގެ ޕެރަގުއޭ މިޑްފިލްޑަރު ޑިއޭގޯ ގޮމޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަންގޭރީ ޑިފެންޑަރު މިލޯސް ކަރްކޭޒް އެވެ. އަދި މިމެޗުން ބްރައިޓަން މޮޅުވި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ވެކްބެކް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން ބްރައިޓަންއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު 31 މެޗުން ހޯދި 49 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އެވަޓަންއަށް ފަސޭހަ މޮޅެއް
21 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ޔޫނިއަން ބާލިންގ ބަލިކޮށް ބަޔާން މިޔުނިކުން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި
21 ގަޑިއިރު ކުރިން

ބޯންމައުތާއި އެއްވަރުވެ ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ
2 ދުވަސް ކުރިން

މެސީ 900 ލަނޑު ހަމަކުރި ނަމަވެސް އިންޓަ މިއާމީ ޗެމްޕިއަންސް ކަޕުން ކަޓައިފި
4 ދުވަސް ކުރިން


.gif&w=3840&q=75)