logo
މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން...

ބޯންމައުތާއި އެއްވަރުވެ ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

profile

ހަސަން ޝަމްއޫން - 21 މާރިޗު 2026 - 03:55

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

https://wamco.com.mv/

ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު 10 މެޗުން އެޓީމު ބަލިވެފައިނުވާއިރު، އޭގެ ތެރެއިން އަށް މެޗު އެއްވަރުވެފައިވާއިރު. އަނެއް ދެމެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން މޮޅުވިއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ޔުނައިޓެޑްގެ ބުރޫނޯ ފެނާންޑޭސް އާއި އަމަޑް ޑިއާލޯއަށް ވަނީ މެޗުގެ ލީޑުހޯދުމަށް ރަނގަޅު ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައިީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެެވެ.

މެޗުގެ ދެވަނަ ހާފު ޔުނަައިޓެޑުން ވަރުގަދަކޮށް ފެށިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖައި ކުރިހޯދީ ވެސް އެޓީމުންނެެވެ. މިލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭސް އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބޯންމައުތުގެ މިޑްފިލްޑަރު ރަޔަން ކްރިސްޓީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފަހުހާފުގެ 71 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބޯންމައުތުގެ ޑިފެންޑަރު ޖޭމްސް ހިލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ޑިފެންޑަރު ހެރީ މެގުއާ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުގެ އިތުރުން ބޯންމައުތައް ޕެނަލްޓީއެއް ދީފައެވެ.

ބޯންމައުތަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ ޒުވާން ފޯވާޑް އެލީ ޖޫނިއާރ ކްރޫޕީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން ހޯދި 55 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތްއިރު، މި މެޗުން ހޯދި އެއްޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބޯންމައިތު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk