logo
ލިވަޕޫލާއި ގަލަތަސަރާއީ ވާދަކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި ގަލަތަސަރާއީ ވާދަކުރި މެޗުގެ ތެރެއިން

ގަލަތަސަރާއި ކަޓުވާލުމަށްފަހު ލިވަޕޫލުން ބަދަލުހިފައިފި

profile

ހަސަން ޝަމްއޫން - 19 މާރިޗު 2026 - 01:36

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ތުރުކީގެ ގަލަތަސަރާއި 4-0 ގެ ނަތީޖާއަކުން ބަލިކޮށް ލިވަޕޫލުން ރަށުން ބޭރުގައި ގަލަތަސަރާއީ އަތުން ބަލިވި މެޗުގެ ބަދަލުހިފައިފިއެވެ.

https://wamco.com.mv/

މިދެޓީމު ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ގަލަތަސަރާއިން ކާމިޔާބުކުރިއިރު، ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 4-1 ގެ އެގްރިގޭޓް ނަތިޖާއަކުން ގަލަތަސަރާއީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑޮމިނިކް ސޮބޮސްޒްލާއި އެވެ. މީގެ އިތުރުން މެޗުގެ ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.

ނަމަވެސް ލިވަޕޫލުގެ ސަލާހް ކުރިއަށް ފޮނުވާލި ޕެނަލްޓީ ގަލަތަސަރާއީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔަބުކޮށްފައެވެ. އެގޮތުން މިމެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ފޯވާޑް ފޯވާޑް ހޫގޯ އެކަޓިކޭ ކާމިޔާބުކުރިއިރު އޭގެ ދެމިނެޓް ފަހުން އެޓީމު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޔާން ގްރަވެންބާޗް އެވެ.

މީގެ އިިތުރުން މިމެޗުގައި ލިވަޕޫލްގެ ހަތަރުވަަނަ ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ދެކޮޅަށެވެ. ޕިއެސްޖީ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk