
ރަފީނިއާ (ކ) ލަމީން ޔަމާލް އާއެކު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ބާސެލޯނާއަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން - 19 މާރިޗު 2026 - 01:10
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 7-2 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ބާސެލޯނާ އިން ކުއާޓާ ފައިނަލް ޔަގީންކުރީ 8-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބާސެލޯނާގެ ކޭމްނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ރޮބަޓް ލެވޮންޑަސްކީ އަދި ރަފީނިއާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ލަމީން ޔަމާލް، މާކް ބެރްނާލް އަދި ފާމިން ލޮޕޭޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ނިއުކާސަލްގެ ދެލަނޑު ވެސް ކާމިޔާބުކުރީ އެޓީމުގެ އެންތަނީ އެލަންގާ އެވެ.
މީގެ އިތުރުން މިމެޗުގައި ލެވޮންޑަސްކީ ކާމިޔާބުކުރި ދެލަނޑާއެކު ޔޫރަޕްގެ އެންމެ ޝަރަފްވެރި ކުލަބު ފުޓްބޯޅަ މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު 109 އަށް އެރިއިރު، ނިއުކާސަލް އަކީ މިމުބާރާތުގައި އެކުލަބަކާއި ދެކޮޅަށް ލެވަންޑޮސްކީ ލަނޑުޖެހި 41 ވަނަ ކުލަބެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އިން ނުކުންނާނީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. އެތްލެޓިކޯ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

މެސީ 900 ލަނޑު ހަމަކުރި ނަމަވެސް އިންޓަ މިއާމީ ޗެމްޕިއަންސް ކަޕުން ކަޓައިފި
18 ގަޑިއިރު ކުރިން

ގަލަތަސަރާއި ކަޓުވާލުމަށްފަހު ލިވަޕޫލުން ބަދަލުހިފައިފި
18 ގަޑިއިރު ކުރިން

ބަޔާން އަތުން ބަލިވެ އެޓަލާންޓާ މުބާރާތުން ކަޓައިފި
18 ގަޑިއިރު ކުރިން

ޓޮޓެންހަމް ކަޓުވާލުމަށްފަހު އެތްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)