logo
ބާސެލޯނާ އާއި ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން..

އަމިއްލަ ދަނޑުގައި ވަޔޮކާނޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް

profile

ހަސަން ޝަމްއޫން - 23 މާރިޗު 2026 - 03:11

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ރަޔޯ ވަޔޮކާނޯ އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަނަލްޑް އަރައުހޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖޮއައު ކޮންސެލޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މީގެ އިތިރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން ބާސެލޯނާއަށް 73 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ރަޔޯ ވަޔޮކާނޯ އިން ލީގުގައި ކުޅުނު 29 މެޗުން ހޯދި 32 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk