
އާޖެންޓީނާއި މޮރިޓޭނިއާ ވާދަކުރި މެޗުގެ ތެރެއިން
މޮރިޓޭނިއާ އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 28 މާރިޗު 2026 - 09:44
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އަމިއްލަ ދަނޑުގައި އެފްރިކާގެ ގައުމެއްކަމަށްވާ މޮރިޓޭނިއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ އިން ކާމިޔާބުކޮށްފިއެވެ.
އާޖެންޓީނާ އާއި ދެކޮޅަށް ފީފާ ރޭންކިންގެ 115 ވަނައިގައި އޮތް މޮރިޓޭނިއާ އިން ކުޅުނު މިމެޗަކީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ދެކޮޅަށް ދެކޮނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނެ ތަނަކާއި މެދު ދެޓީމުގެ މެދުގައި ހިޔާލު ތަފާތުވެ އެންމެ ފަހުން އެމެޗު ނުކުޅެން ފީފާ އިން ނިންމުމުން އާޖެންޓީނާ އިން ހަމަޖެއްސި މެޗެކެވެ.
އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އެއިރިސްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމުގެ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ނިކޯ ޕަޒް އެވެ.
މެޗުގެ ދެވަނަ ހާފު އާޖެންޓީނާ އިން ފެށީ ތިން ބަދަލަކާއެކުގައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެން ނިކުތްއިރު، މިހާފުގައި އެޓީމަށް މޮރިޓޭނިއާގެ ގޯލަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ނަމަވެސް މިހާފުގައި މޮރިޓޭނިއާ އިން ވަނީ އާޖެންޓީނާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯޑަން ލެފޯޓް އެވެ.
ގުޅުން ހުރި ޙަބަރުތައް

15 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފުރާންސުން ބްރެޒިލް ބަލިކޮށްފި
2 ދުވަސް ކުރިން

މެންޗެސްޓާ ސިޓީ އިން ލީގު ކަޕްގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފި
6 ދުވަސް ކުރިން
.jpg&w=3840&q=75)
އަމިއްލަ ދަނޑުގައި ވަޔޮކާނޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
6 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އެވަޓަންއަށް ފަސޭހަ މޮޅެއް
7 ދުވަސް ކުރިން


.gif&w=3840&q=75)