logo
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ މޮޅު ކުޅުމާއެކު އަލް ނަސްރުން ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

profile

ހަސަން ޝަމްއޫން - 04 އޭޕްރީލު 2026 - 12:16

ސައުދީ ޕްރޯ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް އަލް ނަޖްމާ އާއި ވާދަކޮށް 5-2 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރު އިން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

https://wamco.com.mv/

އިންޓަނޭޝަނަލް ބްރޭކަށްފަހު ސައުދީ ލީގުގެ ކުޅުން ރޭ ފެށިއިރު، އަލް ނަސްރުގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަޖަމް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އަލް ނަޖަމް އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރިނާލްޑޯގެ އަދި ސަޑިއޯ މާނޭ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އަލް ހަމްދާން އެވެ. މީގެ އިތުރުން މިމެޗުގައި އަލް ނަޖްމާގެ ރަކާން އަލް ތުލައިހީ އަދި ފެލިޕޭ ކާޑޯސޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން އަލް ނަސްރަށް 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަލް ހިލާލްއަށް 26 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް ނަޖްމާ އިން ލީގުގައި ކުޅުނު 27 މެޗުން ހޯދި އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk