
އިޓަލީގެ ކުޅުންތެރިން ބޮސްނިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ބޮސްނިއާ އަތުން ބަލިވެ އިޓަލީ މިފަހަރު ވެސް ވޯލްޑްކަަޕަށް ކޮލިފައިނުވި

ހަސަން ޝަމްއޫން - 01 އޭޕްރީލު 2026 - 01:55
ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލްގައި މިރޭ އިޓަލީ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެ ބޮސްނިއާ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިޓަލީ ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލުން ޖާގަހޯދީ ޕްލޭއޮފް ސެމީފައިނަލުގައި 2-0 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް ބަލިކުރުމަށްފަހު އެވެ. އަދި ބޮސްނިއާ ޕްލޭއޮފް ފައިނަލުން ޖާގަހޯދީ ޕްލޭއޮފް ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަނަވަސްކުރީ ބޮސްނިއާ އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޓަލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މޮއިސް ކީން އެވެ. މިއީ އެޓީމުގެ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިޓަލީ ލީޑުގައި އޮވެ ކުޅެމުންދަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޑިފެންޑަރު އަލްސަންޑްރޯ ބަސްޓޯނީއަށް ދެއްކި ރަތް ކާޑާއެކުގައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
އިޓަލީ އިން އެއްކުޅުންތެެރިއަކު މަދުވުމުގެ ފައިދާނަގައި ބޮސްނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހާރިސް ތަބަކޮވިޗް އެވެ. އަދި މިލަނޑާއެކު މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓްގެ ދެހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބޮސްނިއާގެ ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އިޓަލީ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.
މިނަތީޖާއެކު ހަތަރު ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕަށް ކޮލިފައިނުވެދިޔައިރު، މިއީ 2014 ވަނަ އަހަރުގެ ފަހުން ބޮސްނިއާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޫއޭގެ ދެލަނޑާއެކު ކޮލަމްބިއާ އަތުން ފުރާންސްއަށް ފަސޭހަ މޮޅެއް
2 ދުވަސް ކުރިން

މޮރިޓޭނިއާ އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް
4 ދުވަސް ކުރިން

15 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފުރާންސުން ބްރެޒިލް ބަލިކޮށްފި
5 ދުވަސް ކުރިން

މެންޗެސްޓާ ސިޓީ އިން ލީގު ކަޕްގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފި
9 ދުވަސް ކުރިން


.gif&w=3840&q=75)