.jpg&w=3840&q=75)
މެންޗެސްޓާ ސިޓީ އާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން
ފަހަތުން އަރައި ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓާ ސިޓީ، އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 25 އޭޕްރީލު 2026 - 18:55
އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިރޭ ސައުތުހެމްޓަން އާއި ވާދަކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީފައިނަލުން މެންޗެސްޓާ ސިޓީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި ސައުތުހެމްޓަން ސެމީފައިނަލު ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހު އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑިމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ސިޓީ އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުތުހެމްޓަން އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަޔަލޭންޑް މިޑްފިލްޑަރު ފިން އަޒާޒް އެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސިޓީގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ދެވަނަ ފާހުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިޓީގެ ސްޕެނިޝް މިޑްފިލްޑަރު މިކޯ ގޮންޒާލޭޒް އެވެ.
މުބާރާތުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އިން ނުކުންނާނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
18 ގަޑިއިރު ކުރިން

ގެޓާފޭ ބަލިކޮށް ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި
18 ގަޑިއިރު ކުރިން

ބީޗް ގޭމްސް: ފަހަތުން އަރައި ރާއްޖެ އިން މޮންގޯލިއާ ބަލިކޮށްފި
3 ދުވަސް ކުރިން

ބީޗް ގޭމްސް: ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
5 ދުވަސް ކުރިން


.gif&w=3840&q=75)