logo
ލިވަޕޫލްގެ ކުޅުންތެރިން ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ލިވަޕޫލްގެ ކުޅުންތެރިން ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 25 އޭޕްރީލު 2026 - 18:17

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގަައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ޕެލަސް އެންމެ ފަހުން ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ތިން މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ޕެލަސް އިންނެވެ.

ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްވިޑެންގެ ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އެޓީމު ޑިފެންޑަރު އެންޑްރޯ ރޮބަޓްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ޕެލަސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޑެނިއެލް މުނޯޒް އެވެ. އަދި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ފްލޮރިއެންޓް ވިޓްޒް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ލިވަޕޫލަށް 58 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 43 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk