
ބާސެލޯނާ އާއި ގެޓާފޭ ވާދަކުރި މެޗުގެ ތެރެއިން..
ގެޓާފޭ ބަލިކޮށް ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި

ހަސަން ޝަމްއޫން - 25 އޭޕްރީލު 2026 - 18:13
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ އަތުން މޮޅުވެފައިވާއިރު، ގޭޓާފޭ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
އަނިޔާގެ ސަބަބުން ފޯވާޑް ރަފީނިއާ އަދި ލަމީން ޔަމާލް އާއި ނުލައި ބާސެލޯނާ އިން ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ފާމިން ލޮޕޭޒް އެވެ. މިއީ އެޓީމުގެ ހުނަރުވެރި މިޑްފިލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ އިނގިރޭސި ފޯވާޑް މާކްސް ރަޝްފޯޑް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ބާސެލޯނާއަށް 85 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. މިއާއެކު ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ބާކީ އޮތް ފަސް މެޗުން ބާސެލޯނާއަށް މިހާފު ބޭނުންވަނީ އެންމެ ފަސް ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ގެޓާފޭ އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 44 ޕޮޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ފަހަތުން އަރައި ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓާ ސިޓީ، އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
17 ގަޑިއިރު ކުރިން

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
18 ގަޑިއިރު ކުރިން

ޔަމާލްގެ އަނިޔާ ސީރިއަސް، ނަމަވެސް ވޯލްޑްކަޕަށް ފިޓުވެދާނެ!
3 ދުވަސް ކުރިން

ބީޗް ގޭމްސް: ފަހަތުން އަރައި ރާއްޖެ އިން މޮންގޯލިއާ ބަލިކޮށްފި
3 ދުވަސް ކުރިން


.gif&w=3840&q=75)