logo
އާސެނަލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް ބަލިކޮށް ސިޓީ އިން އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ފަހިކޮށްފި

profile

ހަސަން ޝަމްއޫން - 20 އޭޕްރީލު 2026 - 10:05

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަަތު ފަހިކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފިލްޑަރު ރަޔާން ޗާރްކީއެވެ.

ނަމަވެސް އޭގެ ދެމިނެޓް ފަހުން ސިޓީގެ ކީޕަރު ޑޮނަރޫމާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އާސެނަލްގެ ޖަރުމަނު ފޯވާޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.އަދި މިމެޗުން ސިޓީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގ ހާލަންޑް އެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު 32 މެޗުން މެންޗެސްޓާ ސިޓީއަށް 67 ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އާސެނަލް އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 70 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ސިޓީއަށް ވުރެ އިތުރަށް އެޓީމުން އެއްމެޗު ކުޅެފައިވާއިރު މިދެޓީމުގެ މެދުގައި އޮތީ އެއްލެނޑުގެ ފަރަގެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk