logo
ކޮވެންޓްރީގެ ކުޅުންތެރިން އުފާފާޅުކުރަނީ..

ކޮވެންޓްރީގެ ކުޅުންތެރިން އުފާފާޅުކުރަނީ..

2001 ގެ ފަހުން ފުރަތަމަ ފަހަރަށް ކޮވެންޓްރީ، ޕްރެމިއާ ލީގަށް ޕްރޮމޯޓްވެއްޖެ

profile

ހަސަން ޝަމްއޫން - 18 އޭޕްރީލު 2026 - 10:11

އިނގިރޭސި ޗެމްޕިއަންޝިޕްގައި ހުކުރު ދުވަހު ބްލެކްބާން ރޯވާސްއާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، 25 އަހަރުގެ މެދުކެނޑުމަކަށްފަހު ކޮވެންޓްރީ ސިޓީ އިން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.

https://wamco.com.mv/

މިމެޗަށް ނިކުތްއިރު ވެސް ތާވަލުގެ ކުރީގައި އޮތް ކޮވެންޓްރީއަށް ޕްރެމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. ބްލެކްބާންގެ އެވުޑް ޕާކުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްލެކްބާން އިންނެވެ.

މިލަނޑަކީ ދެވަނަ ހާފުގެ ކުރީކޮޅު ބްލެކްބާންގެ ރިޔޯޔާ މޮރިޝިޓާ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޮވެންޓްރީ ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު ބޮބީ ތޯމަސް ކާމިޔާބުކޮށްދިން ލަނޑާއެކު ކޮވެންޓްރީން ވަނީ ނަތީޖާ އެއްވަރުކޮށް، ޕްރޮމޯޝަން ކަށަވަރުކޮށްފައެވެ.

މެޗު ނިމުމާއެކު، ޓީމަށް ސަޕޯޓްކުރުމަށް ދަނޑަށް ދިޔަ 7،000 އަށްވުރެ ގިނަ ކޮވެންޓްރީގެ ސަޕޯޓަރުން ވަނީ ދަނޑުމަތީގައި ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކޮށްފައެވެ. އަދި މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ކްލަބަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮވެންޓްރީ ސިޓީ މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 43 މެޗުން ހޯދި 86 ޕޮއިންޓާއެކުގައެވެ. މިއީ ތިންވަނައިގައި އޮތް މިލްވޯލްއަށްވުރެ 13 ޕޮއިންޓް އިތުރަށެވެ. އެހެންކަމުން، މިލްވޯލްއަށް ދެން ކޮވެންޓްރީއާ އަރާ ހަމަކުރުމުގެ ފުރުސަތެއް ނެތެވެ. އަދި ލީގުގެ ދެވަނަ މަގާމުގައި އޮވެ ޕްރިމިއާ ލީގަށް ސީދާ ކޮލިފައިވުމަށް މިހާރު ވާދަކުރަމުންދަނީ އިޕްސްވިޗް ޓައުން އާއި މިލްވޯލް އަދި ސައުތެމްޕްޓަންގެ އިތުރުން މިޑްލްސްބަރާއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk