
އާސެނަލް އާއި ސްޕޯޓިންގ ވާދަކުރި މެޗުގެ ތެރެއިން..
މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން - 16 އޭޕްރީލު 2026 - 05:20
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަން އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް އާސެނަލް އިން ކަށަވަރުކޮށްފިއެވެ.
ސްޕޯޓިންގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ސްޕޯޓިންގެ މޮޒަމްބީ ފޯވާޑް ޖިނީ ކަޓަމޯއަށެވެ.
ނަމަވެސް މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕޯޓިންގ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗު މިމަހުގެ 30 ވަނަ ދުވަހު އެތްލެޓިކޯގެ ދަނޑުގައި ކުޅޭއިރު، ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެއި ހަވަނަ ދުވަހުގެ ރޭ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރެއާލް ކަޓުވާލުމަށްފަހު ބަޔާން މިޔުނިކް ސެމީފައިނަލުން ޖާގަ ހޯދައިފި
15 ގަޑިއިރު ކުރިން

އެތްލެޓިކޯ އަތްދަށުވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިފި
2 ދުވަސް ކުރިން

ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަން ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
2 ދުވަސް ކުރިން

އޮކާފޯގެ ދެލަނޑާއެކު ޔުނައިޓެޑް ބަލިކޮށް ލީޑްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި
3 ދުވަސް ކުރިން


.gif&w=3840&q=75)