
ދިވެހި ފައިސާ ބޭނުންކުރުން ކުރިއެރުވުމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި-- ފޮޓޯ: ރިޒާވް ބޭންކް އޮފް އިންޑިއާ
ދިވެހި ފައިސާ ބޭނުންކުރުން ކުރިއެރުވުމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އައިމިނަތު ރޫޔާ - 22 ނޮވެމްބަރު 2024 - 05:56
ދިވެހި ފައިސާގެ ބޭނުން ކުރިއެރުވުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.
ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެންވެސް އިޤުތިޞާދީ، މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއާ ރުޕީސްއިން ކުރުމަށް މި ފަހުމުނާމާގައި ވަނީ ނިންމާފައެވެ.
މި ގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާ ބޭނުން ކުރެވިގެންދާނެއެެވެ.
އެގޮތުން، ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާ އާއި އިންޑިއާ ރުޕީސް އިން ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރަން ފެށުމުން ޙަރަދުކުޑަވެ، ސެޓްލްމެންޓްތައް ހަދަން ފަސޭހަވެގެންދާނެއެވެ.
މި ފަހުނާމާގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮންނަ އިގްތިސާދީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ
12 ގަޑިއިރު ކުރިން

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
12 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް ސިފައިން ނުފޮނުވުމަށް ގޮވާލައި ދެކުނު ކޮރެއާގައި މުޒާހަރާކޮށްފި
12 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
15 ގަޑިއިރު ކުރިން


