
ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ މުސިއާލާ: ފޮޓޯ-ޔުއެފާ
ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ބަޔާން އަށް ހިތްހަމަ ޖެހުމެއް

ހަފްސީ އަބްދުﷲ - 07 ނޮވެމްބަރު 2024 - 03:08
ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކަށް ހިތްހަމަ ޖެހުމެއް ލިބިއްޖެ އެވެ.
އަމިއްލަ ދަނޑުގައި ބަޔާން އިން ބެންފީކާ ބަލިކުރީ 1-0 ނެވެ. ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޖެހީ ޖަމާލް މުސިއާލާ އެވެ. ބަޔާން ޗެމްޕިއަންސް ލީގުގައި މޮޅެއް މިހޯދީ ދެ މެޗުން ބަލިވުމަށްފަހުއެވެ. މެޗުގައި އިތުރު ލަނޑުތަކެއް ނުޖެހުނަސް ކޭން އާއި ސާޖް ގްނަބްރީގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ކުރިއެވެ. އަދި ބަދަލަކަށް ނިމުމެ ސާނޭވެސް ނުރައްކާތެރި ދެބޯޅައެއް ފޮނުވާލިއެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާޔާން ކުޅުނު ފުރަތަމަ މެޗުގައި 9-2 ން ޑައިނަމޯ ޒަގްރަބް ބަލިކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުގައި އެސްޓަން ވިލާއާއި, ބާސެލޯނާ އަތުން ވަނީ ބަލިވެފައެވެ. މޮޅާއެކު ލީގު ފޭސް ތާވަލްގައި ބަޔާން އޮތީ 17 ވަނައިގައެވެ.
ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ވެސް އާސެނަލް އަށް ކުރިމަތުވީ ނާކާމިޔާބެވެ. އިންޓަރ މިލާން އަތުން 1-0 ން ބަލިވީ ޕެނަލްޓީ އެއް ކޮޅަށް ވަދެގެންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ހަކަން ޗަނޮނޮގްލޫ އެވެ. މެޗުގައި އާސެނަލްގެ ކޯޗް އާޓެޓާ އަށް ގޯސްވީ ރެފްރީ އެވެ. ޕީއެސްޖީ ބަލިކޮށް, އެތްލެޓިކޯ މެޑްރިޑް ވަނީ ހަމަޖެހުމެއް ހޯދާފައެވެ. ޕީއެސްޖީގެ މައްޗަށް އެތްލެޓިކޯ މެޑްރިޑް ކުރިހޯދީ 2-1 ނެވެ.
ހަތަރު މެޗުން 7 ޕޮއިންޓާއެކު އާސެނަލް އޮތީ 12 ވަނައިގައެވެ. އިންޓަރ މިލާން އޮތީ 5 ވަނައިގައެވެ. ޕީއެސްޖީ އޮތީ 4 ޕޮއިންޓާއެކު 25 ވަނައިގައެވެ. އަދި އެތްލެޓިކޯ މެޑްރިޑް އޮތީ 23 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ރެއާލްއަށް ފުރިހަމަ މޮޅެއް
9 މަސް ކުރިން

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް ދެވަނަ ބައްޔެއް!
8 މަސް ކުރިން

ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް!
8 މަސް ކުރިން

ހެޓްރިކުން ކޭން ހެދީ ބުންޑަސް ލީގުގެ ރެކޯޑެއް
8 މަސް ކުރިން