ހެޓްރިކުން ކޭން ހެދީ ބުންޑަސް ލީގުގެ ރެކޯޑެއް
ހަފްސީ އަބްދުﷲ - 23 ނޮވެމްބަރު 2024 - 01:40
ކޭން ހެޓްރިކް ހެދި މެޗު ބޯޅައާއެކު: ފޮޓޯ-ބަޔާން
އޮއުސްބާގް ކޮޅަށް ހެދި ހެޓްރިކުން, ބަޔާން މިއުނިކް މޮޅުކޮށްދިން މެޗާއެކު އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށް އެލީގުގެ ރެކޯޑެއް ލިބިއްޖެއެވެ. ކޭންއަށް ލިބުނު ރެކޯޑަކީ ބުންޑަސް ލީގުގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑެވެ.
ކޭން އެލީގުގައި 50 ލަނޑު ހަމަކުރީ 43 މެޗުންނެވެ. މީގެކުރިން އެރެކޯޑް އޮތީ 50 މެޗުން 50 ލަނޑު ހަމަކުރި ހާލަންޑް އަތުގައެވެ. މިހާރު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހާލަންޑް ރެކޯޑް ހެދީ ބޮރޫޝިޔާ ޑޯޓްމުންޑްގައެވެ.
ރެކޯޑް ހެދި މެޗުގައި ކޭން ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު 63 ވަނަ މިނިޓްގައި އަދި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައެވެ. އަދި ހެޓްރިކް ހެދީވެސް މެޗުގެ އިތުރު ވަގުތުގައެވެ. ބަޔާން އިން އިތުރު ވަގުތުގައި ދެ ލަނޑު ޖެހީ އޮއުސްބާގްގެ ޝޮލްޓަރބެކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކި ފަހުންނެވެ. އޭނާ އަށް ރަތްކާޑް ދެއްކީވެސް އިތުރު ވަގުތުގައެވެ.
މޮޅާއެކު ބަޔާން މިއުނިކް ވަނީ ލީގު ތާވަލްގެ އެއްވަނައިގަ 8 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިސީޒަންގެ ލީގުގައި އަދި ބައްޔެއް ނުވެއެވެ. 31 އަހަރުގެ ކޭން ވަނީ މިސީޒަންގެ މިހާތަނަށް ލީގުގައި 11 މެޗުން 14 ގޯލް ޖަހާފައެވެ.