
ލަނޑު ޖެހުމަށްފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ=--ޔުއެފާ
އަމިއްލަ ދަނޑުގައި ރެއާލް މެޑްެރިޑަށް ދެވަނަ ބައްޔެއް!

ހަފްސީ އަބްދުﷲ - 06 ނޮވެމްބަރު 2024 - 02:10
ރެއާލް މެޑްރިޑަށް އަމިއްލަ ދަނޑުގައި ވިދިވިދިގެން ދެވަނަ ބައްޔެއް ކުރިމަތިވެއްޖެ އެވެ. ލީގުގައި ވާދަވެރި ބާސެލޯނާ އަތުން 4-0 ން ބަލިވެފައި ވަނިކޮށް, ޗެމްޕިއަންސް ލީގުގައި އޭސީ މިލާން އަތުން ބަލިވުމާއެކު ކޯޗު ކާލޯ އެންޗެލޮޓީ ބުނީ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
12 ވަނަ މިނިޓްގައި އޭސީ މިލާނުން ލީޑް ނެގީ މާކް ތިއާވް ޖެހި ލަނޑުންނެވެ. އެކަމަކު 23 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ވިނީޝިއުސް ޖޫނިއަރ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިލާނަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ސްޕެއިންގެ އަލްވާރާ މޮރާޓާ އެވެ. ދެވަނަ ހާފްގައި މިލާނުގެ ތިންވަނަ ލަނޑު ރެއާލް ކޮޅަށް ޖެހީ ރަފެއަލް ލެއޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޓިޖާނީ ރެއިންޑާރސް އެވެ.
މިއީ ޗެމްޕިއަންސް ލީގުގައިވެސް މިސީޒަންގައި ފުރަތަމަ ހަތަރު މެޗުން ރެއާލްގެ ދެވަނަ ބައްޔެވެ. ހަތަރު މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގައި އޮކްޓޯބަރު މަހު ފްރާންސްގެ ލިލް އަތުންވެސް ރެއާލް ވަނީ ބަލިވެފައެވެ.
އަހަރެމެން ދަނޑުމަތޫގައި އެހާ އޮގަނައިޒްއެއް ނޫން. އަހަރެމެން ޖެހޭ އެކަމަށް މަސައްކަތް ކުރަން. މިއީ އަހަރެމެން ކަންބޮޑުވާން ޖެހޭ ނަތީޖާއެއް.
އޭސީ މިލާނުން މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވީ އެއް މެޗުންނެވެ. ސެރީ އޭގައި ވެސް އޮތީ 7 ވަނައިގައެވެ. އެކަމަކު ރެއާލް އަތުން ލިބުނު ފުރިހަމަ މޮޅަކީ ކޯޗު ފޮންސެކާ އަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އޭނާ ބުނީ މެޗަށް ކުޅުންތެރިން އައީ ބިރެއް ނެތި ހިތްވަރާ އެކުކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ރެއާލްއަށް ފުރިހަމަ މޮޅެއް
7 މަސް ކުރިން

ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް!
7 މަސް ކުރިން

ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ބަޔާން އަށް ހިތްހަމަ ޖެހުމެއް
7 މަސް ކުރިން

ވިނީޝިއުސްގެ ހެޓްރިކުން ހިތްހަމަ ޖެހުން, މިލިޓާއޯގެ އަނިޔާއިން މާޔޫސްކަން
7 މަސް ކުރިން