ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް!
ހަފްސީ އަބްދުﷲ - 06 ނޮވެމްބަރު 2024 - 02:35
މެޗުގައި ހެޓްރިކް ހެދި ލުއިސް ޑިއާޒް: ފޮޓޯ-ލިވަޕޫލް
ފޯވާޑް ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި އެވެ. ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރ ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 4-0 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލިވަޕޫލަށް ކުރި ހޯދައިދިން ޑިއާޒް ހެޓްރިކް ހެދީ މެޗުގެ ފަހު ހަތް މިނިޓްގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ 61 ވަނަ މިނިޓްގައި ޖޯންސް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ ދެ މިނިޓް ފަހުން ކޯޑީ ގަކްޕޯ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާދީފައި ވަނިކޮށް, ޑިއާޒް ތިންވަނަ ލަނޑު ޖެހީ 83 ވަނަ މިނިޓްގައެވެ. އެއީ މުޙައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ގަކްޕޯ އަށްވެސް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ސަލާހު އެވެ. ކޮލަމްބިޔާގެ ފޯވާޑް ޑިއާޒް ހެޓްރިކް ހެދީ މެޗުގެ އިތުރު ވަގުތުގައެވެ. ލިވަޕޫލުން މެޗުގައި ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ.
ލެވަކޫސަންގެ ކޯޗު އަލޮންސްކޯ އަކީ 2005 ވަނަ އަހަރު ލިވަޕޫލާްއެކު ޗެމްޕިއަންސް ލީގު ހޯދި މިޑްފީލްޑަރެކެވެ. އަދި ކްލޮޕް ކޯޗު ކަމުން ވަކިވުމުން ލިވަޕޫލާ ހަވާލުވާނެ ކަމަށް ބެލެވުނު އެއް ކޯޗަކީވެސް އަލޮންސޯ އެވެ. މޮޅާއެކު ލިވަޕޫލް އޮތީ އެއްވަނައިގައެވެ. އެއީ ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ.
ގުޅުން ހުރި ޙަބަރުތައް
ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ރެއާލްއަށް ފުރިހަމަ މޮޅެއް
3 މަސް ކުރިން
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް ދެވަނަ ބައްޔެއް!
3 މަސް ކުރިން
ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ބަޔާން އަށް ހިތްހަމަ ޖެހުމެއް
3 މަސް ކުރިން
ރެއާލް މެޑްރިޑްވެސް ބަލިކޮށް, ލިވަޕޫލް އިތުބާރާއެކު އެއް ވަނަ އަށް
2 މަސް ކުރިން