
ލިވަޕޫލްގެ އާ ކޯޗު ސްލޮޓް މެޗަށްފަހު ސަޕޯޓަރުންނާ ހަނާ އަޅަނީ: ފޮޓޯ-ލިވަޕޫލް
ރެއާލް މެޑްރިޑްވެސް ބަލިކޮށް, ލިވަޕޫލް އިތުބާރާއެކު އެއްވަނަ އަށް

ހަފްސީ އަބްދުﷲ - 28 ނޮވެމްބަރު 2024 - 02:53
ޗެމްޕިއަންސް ލީގުގެ ފެވަރިޓް ރެއާލް މެޑްރިޑްވެސް ބަލިކޮށް, ލިވަޕޫލުން އާ ކޯޗާއެކު އިތުބާރާއެކު އެއްވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރީ 2-0 ނެވެ. ދެވަނަ ހާފް ފަށައިގެން ހަތް ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑް ނަގައިދިނީ މަކް އެލިސްޓާ އެވެ. އޭނާ ލަނޑު ޖެހީ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ލިވަޕޫލަށް ދެވަނަ ލަނޑެއް ޖަހައިދީ, ޔަގީންކަން ހޯދައިދިނީ 76 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ އެވެ. އެއީ އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ބަދަލަކަށް ނިކުމެ ގަކްޕޯ ވަނީ ރޮބަޓްސަން ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. މިމެޗުގެ ކުރިން މުބާރާތުގައި ރެއާލްއާ ދެކޮޅަށް ކުޅުނު 8 މެޗުގައިވެސް ލިވަޕޫލަށް ކުރިހޯދިފައެއް ނުވެއެވެ. އެކަމަކު ކޯޗު ކްލޮޕް ވަކިވުމުން ލިވަޕޫލާ ހަވާލުވި އާން ސްލޮޓްއާއެކު ލިވަޕޫލް އޮތީ ވަރަށް އިތުބާރާއެކު ރަނގަޅު ފޯމެއްގައެވެ.
މެޗުގައި ރެއާލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭ އާއި ލިވަޕޫލް ފޯވާޑް ސަލާހު އަތުންވެސް ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައެވެ. ރޮބަޓްސަން ލުކަސް ވަޒުކުއޭޒް އަށް ކުރި ފައުލަށް ދިން ޕެނަލްޓީ އެމްބާޕޭ ފޮނުވާލުމުން ކީޕަރު މަތަކުރިއެވެ. އޭގެފަހުން ލިވަޕޫލަށް ލިބުނު ޕެނަލްޓީ ސަލާހުއަށް ފޮނުވާލެވުނީ ބޭރަށެވެ.
ރެއާލް މެޑްރިޑް ވަނީ އާފޯމެޓްގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ, ޕްލޭއޮފް ކުޅެން ޖެހޭ ހާލަތުގައެވެ. ލިވަޕޫލް އޮތީ ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެއްވަނައިގައެވެ. ރެއާލް އޮތީ 24 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ރެއާލްއަށް ފުރިހަމަ މޮޅެއް
7 މަސް ކުރިން

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް ދެވަނަ ބައްޔެއް!
7 މަސް ކުރިން

ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް!
7 މަސް ކުރިން

ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ބަޔާން އަށް ހިތްހަމަ ޖެހުމެއް
7 މަސް ކުރިން