
އެމްޑީޕީން ހޯދި ކާމިޔާބާއެކު މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ!

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 08:48
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބު އަދި ރައްޔިތުންގެ ފެންނަ ނުފެން ވޯޓުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މާލޭގައި ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ
މިރޭ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 21:00 ޖަހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުގެ އިތުރުން ދެ އިންތިޙާބެއް އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޭއްވި އިންތިޙާބުގައިވެސް މެޖޯރިޓީ ވަނީ އެމްޑީޕީން ކާމިޔާބުކޮށްފަ އެވެ.
މި އިންތިހާބުގައި އެންމެ ފޯރީގައި ކެމްޕެއިން ހަރަކާތްތައް ވެސް ހިންގާފައި ވަނީ ސިޓީ ތަކުގެ މޭޔަރު ކަމުގެ އިންތިޙާބަށެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހައި ސިޓީތަކެއްގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
މާލޭގެމޭޔަރު ކަމަށް ދެވަނަ ދައުރަކަށް ހޮވުނު އާދަމް އާޒިމް ވަނީ އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކޮށް އިންތިހާބުގައި ރައްޔިތުން ނިންމާފައިވަނީ ސަރުކާރަށް ނޫނެކޭ ކަމަށް އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރައްވާފަ އެވެ.
އަދި އާޒިމް ވަނީ އެ ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެ ޕާޓީގެ ބޮޑު ޖަލްްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ސަޕޯޓު ލިބޭނީ އިންސާފުވެރިވެގެން: ޒީނާ ޒާހިރު
3 ގަޑިއިރު ކުރިން

މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހުން ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ދަންނަވަން: ޒަރިޔަންދު
3 ގަޑިއިރު ކުރިން
ރައީސްގެ ދެކަނބަލުން އުމުރާއަަށް ވަޑައިގަތުމަށްޓަކައި ފުރާ ވަޑައިގެންފި
3 ގަޑިއިރު ކުރިން

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)