logo

ރައީސްގެ ދެކަނބަލުން އުމުރާއަަށް ވަޑައިގަތުމަށްޓަކައި ފުރާ ވަޑައިގެންފި

profile

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 08:47

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެއާޕޯޓަށް ފުރާ ވަޑައިގަތުމަށް ދިއުމުން އެ ދެ ކަނބަލުންނަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ހުސެއިން މުހައްމަދު ލަތީފާއި، ދައުލަތުގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާުރަން ސައުދީ އަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ހުސްވި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ވެސް އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުންދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑަގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk