
އާރުޓީއެލް ފެރީގެ ޙިދުމަތް ދެމަހުގެ ތެރޭގައި މުޅި ރާއްޖެއަށް!

އައިމަން ޢަބްދުއްސައްތާރު - 05 އޭޕްރީލު 2026 - 08:05
އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިވަގުތު އާރުޓީއެލް ސްޕީޑް ލޯންޗް ފެރީގެ ޙިދުމަތް ލިބިފައި ވަނީ 15 އަތޮޅެއްގަ އެވެ.
އަސްލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި ފެށުމަށްޓަކައި އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޒޯން 3 ގައި ހިމެނޭ 4 އަތޮޅުގައި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މިމަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ވެސްވަނީ ހަމަޖެހިފައެވެ.
މިވަގުތު އާރުޓީއެލްގެ ޙިދުމަތް ނުފެށި އޮތީ ޖުމްލަ ހަތަރު އަތޮޅެއްގަ އެވެ. އެ ހަތަރު އަތޮޅަކީ ކ. އަތޮޅާއި، އދ އަތޮޅުގެ އިތުރުން އއ އަތޮޅާއި، ވ އަތޮޅެވެ. މި އަތޮޅުތަކުގައި މި ޙިދުމަތް ފެށުމުން އާރުޓީއެލް ސްޕީޑް ލޯންޗްގެ ޒަރިއްޔާއިން މުޅިޮ ރާއްޖެ ގުޅާލެވުނީއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހަތަރު އަތޮޅުގައި ވެސް ފެރީތައް ގާއިމުކުރުމަށްޓަކައި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް މިވަގުތު ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތުގައި މިހާރުވެސް 35 ލޯންޗެއް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އިތުރަށް 12 ލޯންޗް ދަނީ ބަންނަމުންނެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ.
އެއް އަތޮޅުން އަނެއް އަތޮޅަށް ފެރީ ލޯންޗްގެ ނިޒާމުން ގުޅާލުމަށް އިތުރު ލޯންޗް ތައް ބޭނުންވާއިރު މި މަސައްކަތްވެސް މިނިސްޓްރީގެ ޕްލޭނާއި އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވަ އެވެ.
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި
2 ގަޑިއިރު ކުރިން

ވޯޓުގެ ނަތީޖާއާއެކު އެމްޑީޕީން ކުރި ހޯދިޔަސް އެކުގައި މަސައްކަތް ކުރާނަން: އާދަމް ޝަރީފް
7 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާނެ ގޮތަކަށް ސަރުކާރުގެ ސިޔާޔަތު އޮންނަން ވާނެ: ރައީސް ސާލިޙް
7 ގަޑިއިރު ކުރިން

އީރާނުގެ ސިއްހީ ޙިދުމަތްދޭ މަރުކަޒުތަކަށް ޔަހޫދީން ހަމަލާދިނުން ކުއްވެރިކުރަން: ޑަބްލިއުއެޗްއޯ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)