logo

އީރާނުގެ ސިއްހީ ޙިދުމަތްދޭ މަރުކަޒުތަކަށް ޔަހޫދީން ހަމަލާދިނުން ކުއްވެރިކުރަން: ޑަބްލިއުއެޗްއޯ

profile

ރިޟްވާން މޫސާ - 05 އޭޕްރީލު 2026 - 08:01

އީރާނުގެ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތަކަށް ޙަމަލާ ނުދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ޔަހޫދީންނަށް ގޮވާލައިފިއެވެ.

https://wamco.com.mv/

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޔަހޫދީން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ސިއްޙީ ޙިދުމަތްދޭ ތަންތަނަށް 20 އަށްވުރެ ގިނަ ހަމަލާތައް ދީފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޜޓް ތައްބުނެ އެވެ

މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީ އިސްރާއީލުން ވަނީ އީރާނުގެ އެންމެ ދުވަސްވީ ރިސާޗު އަދި ޞިއްޙީ މަަރުކަޒެއް ކަމަށްވާ ޕެސްޓަރ އިންސްޓިޓިއުޓްއަށް ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.

ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކަށް ހަމަލާ ދިނުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލާފައިވާ ޖެނީވާ ކޮންވެންޝަންގެ ދަށުން މަނާ ކަމެކެވެ.

ޕެސްޓަރ އިންސްޓިޓިއުޓްއަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަ ކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓުގައި ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ، ތެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ އީރާނުގެ ޞިއްޙީ މަރުކަޒުތަކަށް ޔަހޫދީންގެ ގިނަ ޙަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ.

ޕެސްޓަރ އިންސްޓިޓިއުޓް އަކީ އީރާނުގެ އާބާދީގެ ޞިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމުގައި މައި ދައުރެއް ޢަދާ ކުރާ މަރުކަޒެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އީރާނުގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު، ޙުސައިން ކަރމަންޕޫރު ވަނީ ގެެއްލުން ލިބިފައިވާ އިމާރާތުގެ ފޮޓޯ ޙިއްޞާކޮށް އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. އެ ފޮޓޮއިން ފެންނަ ގޮތުގައި އެ އިމާރާތުގެ އެއް ބައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ.

އެ ޙަމަލާގައި އެއްވެސް މުވައްޒަފަކަށް ގެެއްލުން ލިބިފައި ނުވާ ކަމަށާއި އެ މަރުކަޒުގެ ޚިދުމަތްތަކަށް ބުރޫ އަރާފައި ނުވާ ކަމަށް އީރާނުން ބުނެއެވެ. އަދި އެ މަރުކަޒުން ވެކްސިންއާއި ސީރަމް އުފެއްދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޓެޑްރޮސް ވިދާޅުވީ ދެލަރަމް ސިނާ ސައިކެޓްރިކް ހޮސްޕިޓަލްއަށާއި ތައުފީޤު ދާރޫ ފާމަސޫޓިކަލް ފެސިލިޓީއަށް ވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށެެވެ. އޭގެ އިތުރުން އިމާމް ޢަލީ ހަސްފަތާލި ހުންނަ ސަރަޙައްދުގައި ވެސް ގޮވުމެއް ގޮވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk