
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި

އައިމަން ޢަބްދުއްސައްތާރު - 05 އޭޕްރީލު 2026 - 12:44
މި ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓީމާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އެއް ކުއްޖެއް އަނެއް ކުއްޖަކަށް އެހީތެރިވެދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
އިންޑިއާގެ ޝިމްލާގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ 15 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޤައުމީ ޓީމާއި ގުޅޭ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ މިއަހަރު އެހެން އަހަރުތަކަށް ވުރެ ބޮޑަށް ޓީމު ތައްޔާރުވެފައިވާކަމަށެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކޯޗު، ހުސެއިން ރަޝީދު ބުނީ ކުރީ އަހަރުތަކާއި ބަލާފައި މިއަހަރު ތަންކޮޅެއް ބޮޑަށް ތައްޔާރުވެފައި ވާކަމަށާއި ބޭރު ކުޅުންތެރިންނާއި، ރާއްޖޭގައި އުޅޭ ބޭރު ކޯޗުންނާއި އެކީގައި މެޗު ކުޅެފައި ޕްރެކްޓިސް ތެރެއިން ވަރަށް ބޮޑަށް ޓީމަށް އެހީތެރިވެވިފައިވާކަމަށެވެ.
އަދި މި މުބާރާތަކަށް ދާ ޓީމުގެ މެޗު ތަޖުރިބާއަށް ބަލާއިރު ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު މިއަހަރު އެބައޮތް ކަމަށާއި، މުބާރާތުން ދެ އުމުރުފުރައިންވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހުސެއިން ފާހަގަ ކުރިއެވެ. ހުސެއިން ބުނީ ރާއްޖެއަށް މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށާއި، މި ޓީމާމެދު ވަރަށް އުންމީދު ބޮޑު ކަމަށެވެ.
ރާއްޖެއިން މިއަހަރު ބައިވެރިވާ ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.
ގުޅުން ހުރި ޙަބަރުތައް

އާރުޓީއެލް ފެރީގެ ޙިދުމަތް ދެމަހުގެ ތެރޭގައި މުޅި ރާއްޖެއަށް!
9 ގަޑިއިރު ކުރިން

ވޯޓުގެ ނަތީޖާއާއެކު އެމްޑީޕީން ކުރި ހޯދިޔަސް އެކުގައި މަސައްކަތް ކުރާނަން: އާދަމް ޝަރީފް
9 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާނެ ގޮތަކަށް ސަރުކާރުގެ ސިޔާޔަތު އޮންނަން ވާނެ: ރައީސް ސާލިޙް
9 ގަޑިއިރު ކުރިން

އީރާނުގެ ސިއްހީ ޙިދުމަތްދޭ މަރުކަޒުތަކަށް ޔަހޫދީން ހަމަލާދިނުން ކުއްވެރިކުރަން: ޑަބްލިއުއެޗްއޯ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)