logo

ރައްޔިތުން ބޭނުންވާނެ ގޮތަކަށް ސަރުކާރުގެ ސިޔާޔަތު އޮންނަން ވާނެ: ރައީސް ސާލިޙް

profile

ރިޟްވާން މޫސާ - 05 އޭޕްރީލު 2026 - 08:04

ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިއްޔެ ބޭއްވި ލޯކަލް ކައުްނސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކޮށް އެ ފަރާތްތަކަށް ރައީސް ސާލިޙް ވަނީ މަރުހަބާ ވިދާޅުވެ އެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ސޯލިޙް އެކްސްގައި ޝުކުރުއަދާކުރެއްވެވި ޕޯސްޓުގައި ބުނެފައި ވަނީ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބުނަނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށެވެ.

އަދި ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިޙް މިފަދައިން ވިދާޅުވެފައި މި ވަނީ ރައްޔިތުންގެ މެދުގައި އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ޙިޔާލު ހުރި ގޮތުގެ ވޯޓު ނުވަތަ ދެ އިންތިޙާބެއް އެއްދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ރައްޔިތުން ގޮތް ނިންމާފައިވަނީ ނުފެންނަ ކަމަށް ވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ރައީސް ސާލިޙް ގެ އިތުރުން އެމަނިކުފާނުގެ ރައީސް ކަމުގެ ނައިބް ރައީސް އަކަށް ހުންނެވި ފައިސަލް ނަސީމް ވެސް ވަނީ ފެންނަ ނުފެންނަ ވޯޓުން ސަރުކާރުގެ ޓީމު ބަލިވެއްޖެ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުުވިދާޅޫވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk