
ވޯޓުގެ ނަތީޖާއާއެކު އެމްޑީޕީން ކުރި ހޯދިޔަސް އެކުގައި މަސައްކަތް ކުރާނަން: އާދަމް ޝަރީފް

ރިޟްވާން މޫސާ - 05 އޭޕްރީލު 2026 - 08:04
އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އަލަށް އިންތިހާބު ކުރެވިގެން ދިޔަ ކައުްނސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގައިވެސް އިންތިހާބުވެލެއްވެވި ބޭފުޅުން ރައްޔިތުން ހަވާލުކުރައްވާ މަސްއޫލިއްޔަތު ޒިންމާދާރު ކަމާއެކު ތެދުވެރިކަމާއެކު އަދާ ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑި ވެސް މިހާރު އެ މަގާމުތަކުގައި ތިއްބަވާ އެމްޑީޕީގެ ފަސް މޭޔަރުން ވަނީ ދިފާއުކުރައްވައިފައެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ހެބްރޯންގައި ހިންގި އަސްކަރީ އޮޕަރޭޝަން ނިންމާލުމަށްފަހު، އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފައިބައިފި
4 ގަޑިއިރު ކުރިން

ރާއްޖޭގެ ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ޚިޔާނާތެއް: އެމްޑީޕީ ގަރާރު
ދުވަހެއް ކުރިން
.webp&w=3840&q=75)
ނަތަންޔާހޫގެ ވެރިކަން ވައްޓާލަން ޔަހޫދީންނާއި އަރަބިންގެ އިއްތިޙާދަކަށް ގޮވާލައި މުޒާހަރާކޮށްފި
ދުވަހެއް ކުރިން

އަނެއްކާވެސް ޔަހޫދީން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ!
ދުވަހެއް ކުރިން


