.webp&w=3840&q=75)
ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޯން, ފޮޓޯ: ގަލްފް ޓައިމްސް
ހެބްރޯންގައި ހިންގި އަސްކަރީ އޮޕަރޭޝަން ނިންމާލުމަށްފަހު، އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފައިބައިފި

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 12:52
ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޯންގައި ހިންގި އަސްކަރީ ވަރުގަދަ އޮޕަރޭޝަން ނިންމާލުމަށްފަހު އިސްރާއީލްގެ ސިފައިން އެ ސިޓީން ފައިބާފައިވާ ކަމަށް އަސްކަރީ މަސްއޫލުވެރިއަކު ހޯމަ ދުވަހު ހާމަކޮށްފިއެވެ.
ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލް ސިފައިން މި އޮޕަރޭޝަން ހިންގާފައިވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ ފަހުކޮޅު ދިން ހަމަލާއެއްގައި އިސްރާއީލްގެ ދެ ސިފައިން މަރުވުމާ ގުޅިގެންނެވެ.
އިސްރާއީލުގެ އިންތިޚާބާ ކައިރިވެފައި ވަނިކޮށް، އޮކްޓޯބަރު 23 ވަނަ ދުވަހު ހެބްރޯން ކައިރީގައި ހުރި އަސްކަރީ ޗެކްޕޮއިންޓަކަށް ފަލަސްތީނުގެ ދެމީހަކު ދިން ހަމަލާއެއްގައި ދެ ސިފައިން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އިސްރާއީލުގެ އިސް އޮފިޝަލުން ވަނީ ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
މި އޮޕަރޭޝަނާ ގުޅިގެން ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ހެބްރޯންގައި، ހަމަލާދިން ކަމަށް ބުނާ ދެމީހުން ދިރިއުޅުނު އަވަށް އެއްކޮށް އޮތީ މީހުން ހުސްކޮށްފައެވެ. އެ ސަރަހައްދުގެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި އަވަށް ހުސްކުރުމުގެ ތެރޭގައި 3،000 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ ގަދަކަމުން ގެދޮރުން ނެރެ މަގުމަތިކޮށްފައެވެ.
އަސްކަރީ އޮފިޝަލް ވިދާޅުވީ، ހިންގަންޖެހޭ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ނިންމުމަށްފަހު މިއަދު ހެނދުނު ސިފައިން ވަނީ އެ ސަރަހައްދުން ފައިބާފައެވެ. ނަމަވެސް، ފަލަސްތީނުގެ ބިންތަކަށް ނިސްބަތްކޮށް އިސްރާއީލުން ބޭނުންކުރާ ނަންތައް ކަމަށްވާ ޖޫޑިއާ އަދި ސަމާރިއާގެ އެކި ސަރަހައްދުތަކުގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތްތައް އަދިވެސް ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި އޮޕަރޭޝަނުގެ ތެރޭގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ސުވާލުކުރުމުގެ އިތުރުން، ހަތަރު ހަތިޔާރާއި ބައެއް އަސްކަރީ ސާމާނު އަތުލައިގަނެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން، ހަމަލާ ދިން ދެ މީހުންގެ ގެދޮރު ވަނީ އެއްކޮށް ސުންނާފަތިކޮށް، އެއިން އެއްގޭގެ ކައިރީގައި ހުރި ބިމުގެ އަޑީގެ ބައެއް ބަންދުކޮށްފައެވެ.
އިސްރާއީލް ސިފައިން އެ ސަރަހައްދުން ފޭބުމާއެކު، އަވަށުގެ މީހުން އަލުން އެނބުރި ގެދޮރަށް ދާން ފަށާފައިވާ މަންޒަރު އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
މި އޮޕަރޭޝަން ފެށީއްސުރެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ގެއެއްގެ ވެރިފަރާތް ކަމަށްވާ މުހަންނަދު އަލް ތަމީމީ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އޭނާގެ އާއިލާ އެނބުރި އައިއިރު ފެނުނީ މުޅި އެޕާޓްމަންޓް ސުންނާފަތިކޮށްލާފައިވާ މަންޒަރެވެ. ގޭގެ ފަރުނީޗަރާއި އަންނައުނުތައް ތަޅުންގަނޑުމަތީގައި އުކާލާފައިވާއިރު، ގޮދަޑިތައް ފޮުރޮޅާލައި، އަދި ކުޑަކުއްޖެއްގެ ބައިސްކަލުވެސް އޮތީ ހަލާކުކޮށްލާފައި ކަމަށް އޭނާ ހިތާމައާއެކު ކިޔައިދިނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ޚިޔާނާތެއް: އެމްޑީޕީ ގަރާރު
21 ގަޑިއިރު ކުރިން
.webp&w=3840&q=75)
ނަތަންޔާހޫގެ ވެރިކަން ވައްޓާލަން ޔަހޫދީންނާއި އަރަބިންގެ އިއްތިޙާދަކަށް ގޮވާލައި މުޒާހަރާކޮށްފި
ދުވަހެއް ކުރިން

އަނެއްކާވެސް ޔަހޫދީން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ!
ދުވަހެއް ކުރިން
.jpg&w=3840&q=75)
ފޯޅަވަހި މައްސަލައިގައި ރާއްޖެއަށް ލިބުނު ގެއްލުން ބަލަން ރައީސް ކޮމިޝަނެއް އުފައްދަވައިފި
ދުވަހެއް ކުރިން


