logo

އަނެއްކާވެސް ޔަހޫދީން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ!

profile

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 11:55

އަނެއްކާވެސް އިސްރާއީލުގެ ހައްދުފަހަނަ އެޅި ޔަހޫދީން އީރާނަށް ހަމަލާ ދޭން ތައްޔާރުވެއްޖެ އެވެ.

https://wamco.com.mv/

މީޑިޔާ ރިޕޯރޓްތައް ބުނާ ގޮތުން އިސްރާއީލުން އީރާނަށް ހަމަލާދޭން ތައްޔާރުވަމުން އަންނަނީ އެމެރިކާގެ ސީދާ ފުރިހަމަ ބާރާ އެކުގަ އެވެ.

ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަލުން ފެށުމާ ގުޅޭ އަސްކަރީ ޕްލޭންތައް އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މިހާރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިއްސާކުރައްވައިފައެވެ.

ރިޕޯރޓްތައްބުނާގޮތުން އިސްރާއީލުން ވަނީ އީރާނަށް ހަމަލާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން އީރާނު ހިމެނޭ ބޯޑަރު ސަރަހައްދު ކައިރިން ވައިގެ އަސްކަރީ ތަމްރީނުތަކެއްވެސް ހަދާފަ އެވެ.

މީގެއިތުރުން، އެމެރިކާގެ އަސްކަރީ މުދާ އުފުލާ 10 މަތިންދާބޯޓު މެދުވެރިކޮށް، ދާދިފަހުން ވަނީ ޔަހޫދީ ދައުލަތަށް އަސްކަރީ ގޮތުން ބޭނުންވާ މުހިންމު އެހީތައް ފޯރުކޮށްދީފައެވެ.

ނަމަވެސް އީރާނަށް އިސްރާއީލުން ހަމަލާ ދިނުމުގައި އެމެރިކާ އިން މަދަދުވެރިވާ ކަމަށް އަޑު ފެތުރިފައިވީނަމަވެސް ދެ ގައުމުގެ ދެމެދުގައި ރަސްމީ އެއްވެސް މަޝްވަރާތަކެއް މި ފަހަކުން ބާއްވަފައެއްނުވެ އެވެ.

ހަމަލާތައް ފެށުމާ މެދު އެމެރިކާއިން އަދި ސާފު ސިޔާސަތެއް ކަނޑައަޅާފައި ނުވާއިރު، ޙިޒްބުﷲ ފަދަ ޖަމާއަތްތައް މި ހަނގުރާމައިގެ ތެރެއަށް ވަދެ، މުޅި ސަރަހައްދަށް ހަމަނުޖެހުން ފުޅާވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މެދުއިރުމަތީގައި ފެށިފައިވާ ނުތަނަވަސްކަން ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ދާދި ފަހަކުން ވަނީގަތަރާއެކު އެމެރިކާ އާއި އީރާނު ސުލްހައިގެ މަޝްވަރާތަކެއް ބާއްވަން ނިންމާފައިވާކަމަށް ވެސް އަޑުފެތުރިފަ އެވެ

https://wamco.com.mv/
tel:+9607331319