
ރައްޔިތުންގެ ސަޕޯޓު ލިބޭނީ އިންސާފުވެރިވެގެން: ޒީނާ ޒާހިރު

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 08:49
ރައްޔިތުންގެ ސަޕޯޓު ލިބޭނީ ރައްޔިތުންނަށް ވެސް ތެދުވެރިކަމާއެކު އިންސާފުގެ މަގުން ކަންތައްތައް ކޮށްދީގެން ކަމުގައި ވިދާޅުވެ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޒީނާ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ޒީނާ ވިދާޅުވީ ނިިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޙާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް މެޖޯރިޓީ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުންނާއި، ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނަށް އިޙްލާސްތެރި ނުވުމުގެ އެންމެ ބޮޑު ހެއްކެއް ކަމަށެވެ.
އިންތިހާބުގައި މުޅި ރާއްޖޭގެ މެޖޯރިޓީ ސަރުކާރަށް ނުލިބި އިިކޮޅު ފަރާތްތަކަށް ލިބުމަކީ ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު ޒިންމާ ނަންގަވަން ޖެހޭނެ ފަދަ ކަމެއް ކަމަށް ވެސް ޒީނާ ފާހަގަ ކޮށްފަ އިވެ އެވެ.
މީގެ ކުރިން ހަމަހަމަ އުސޫލު ކަންތައްތައް ކޮށްދީފައި ނުވާކަން ޒީނާ ފާހަގަ ކުރެއްވި އިރު ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މީހުންގެ ތެރެއިން އެންމެ ގިނަ މާކްސް އޭނާ އަށް ލިބުނުއިރު، އެހެން މީހަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމުންނެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތީ މުއިއްޒުގެ އަތުގަ އި ކަމަށް ވެސް ފާހަގަ ކޮށްފަ ވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހުން ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ދަންނަވަން: ޒަރިޔަންދު
3 ގަޑިއިރު ކުރިން

އެމްޑީޕީން ހޯދި ކާމިޔާބާއެކު މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ!
3 ގަޑިއިރު ކުރިން
ރައީސްގެ ދެކަނބަލުން އުމުރާއަަށް ވަޑައިގަތުމަށްޓަކައި ފުރާ ވަޑައިގެންފި
3 ގަޑިއިރު ކުރިން

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)