
މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހުން ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ދަންނަވަން: ޒަރިޔަންދު

ރިޟްވާން މޫސާ - 06 އޭޕްރީލު 2026 - 08:49
މާލޭ ސިޓީގެ މޭޔަރު ކަމުގެ އިންތިޙާބުގައި އާދަމް އާޒިމް ހޯދާފައިވާ ކާމިޔާބީެއަށް މަރުހަބާ ދަންނަވާ ކަމަށް އާޒިމާއެކު ވާދަކުރެއްވި ޒަރިޔަންދު ވިދާޅުވެއްޖެ އެވެ
ޒަރިޔަންދު ކުރިމަތި ލައްވާފައި ވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީއެންއެފްގެ ޓިކެޓުގަ އެވެ.
އިންތިޙާބުގެ ވަގުތީ ނަތީޖާ އާއެކު ޒަރިޔަންދު އެމަނިކުފާނުގެ ރަސްމީ ފޭސްބުކު ޕޭޖުގައި ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް އެމަނިކުފާނު ކުރިމަތި ލެއްވުމުން ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޒަރިޔަންދު ވަނީ މޭޔަރު ކަމުގެ ރޭހުގައި އާދަމް އާޒިމް މޮޅުވެއްޖެ ކަމަށް ގަބޫލުކުރައްވައި އާދަމް އާޒިމް އަށް މަރުހަބާ ކިޔާފަ އެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު ހުންނަވާނީ ސަރުކާރު ދިފާއު ކުރައްވައި ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ މީހެއްގެ ގޮތުގައި ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ޖުމްލަ 5 ބޭފުޅަކު ކުރިމަތި ލައްވާފައި ވެ އެވެ.
އެ ފަސް ބޭފުޅުންނަކީ
1 އެމްޑީއޭގެ ކެންޑިޑޭޓް އަބުދުﷲ މަހްޒޫމް 345 ވޯޓު
2 އަހުމަދު އައިހަމް ( އަމިއްލަ ގޮތުން ) 883 ވޯޓު
3 އިސްމާއީލް ޒަރިޔަންދު ( ޕީއެންއެފް ) 6270 ވޯޓު
4 މޫސާ އަލީ ޖަލީލް ( ޕީއެންސީ ) 9273 ވޯޓު
5 އާދަމް އާޒިމް ( އެމްޑީޕީ ) 13805 ވޯޓު
މުޅި ރާއްޖޭގެ މޭޔަރު ކަމުގެ ގޮނޑި ވަގުތީ ނަތީޖާ ދައްކާ ގޮތުން ވަނީ އެމްޑީޕީން ކާމިޔާބު ކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އިގުތިސާދީ ބިންގަލެއް ނެތި ރިއަލް އެސްޓޭޓާއި ރެސިޑެންސީ ވިއްކުމަކީ ނުރައްކަލެއް: ޒަރިޔަންދު
3 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
3 ގަޑިއިރު ކުރިން


