
މެދުއިރުމަތީގައި ކިޔަވާ ދަރިވަރުންގެ ހާލަތު ދަނީ ގާތުން ބަލަމުން: މިނިސްޓްރީ

ރިޟްވާން މޫސާ - 01 މާރިޗު 2026 - 09:08
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމާގައި އެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.
މިނިސްޓްރީ ބުނީ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަލަނީ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިއްޔެ އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެއާ އެކު، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
6 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
9 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
ދުވަހެއް ކުރިން


