
މެދުއިރުމަތީގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަލުން ސަފީރުން ފޮނުވަނީ

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 03:58
އިރާނާއެކު އުފެދުނު ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން އަނބުރާ ގެންދިޔަ އެމެރިކާގެ ސަފީރުން، އެ ގައުމުތަކުގައިވާ އެމްބަސީތަކަށް އަލުން ފޮނުވުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.
ނިމިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި އެމެރިކާ އާއި ދެމެދު ފަށާފައިވާ މެދުއިރުމަތީގެ ހަނގުރާމައިގައި ސަލާމަތީ ފިޔަވަޅުތަކެއްގެ ގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އެމްބަސީތަކުގައި ތިބި ސަފީރުން ވަނީ މަސައްކަތުން އެކަހެރިކޮށް އަލުން ގައުމަށް ގެނެސްފަ އެވެ. އެހެން ނަމަވެސް މިވަގުތު އަލުން އެ އެމްބަސީތަކަށް ސަފީރުން ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެދުއިރުމަތީގައިވާ އެމެރިކާގެ މިޝަންތަކުގައި އަޅާފައިވާ ކުއްލި ހާލަތުގެ ފިޔަވަޅުތައް އުވާލައި، މި ހަފުތާގެ ތެރޭގައި އަނބުރާ އެ ގައުމުތަކަށް މުވައްޒަފުން ފޮނުވަން ފަށާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ އެންބަސީތަކުގެ ސަލާމަތީ ހާލަތު އެ ގައުމުން އަބަދުވެސް އަންނަނީ ވަޒަންކުރަމުންނެވެ. އަދި އެންމެ ފަހުގެ ހާލަތަށް ރިއާޔަތްކޮށް، މެދުއިރުމަތީގެ ބައެއް އެންބަސީތަކުގެ މުވައްޒަފުންގެ އަދަދަށް ބަދަލު ގެންނަމުންދަނީ، އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމާއެކު، މުވައްޒަފުންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައެވެ.
އެންމެ ފުރަތަމަ ސަފީރުން ފޮނުވުމަށް ހަމަޖެހިފައިވަނީ ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ. ނަމަވެސް އެ އެމްބަސީގެ މުވައްޒަފުންގެ އަދަދު އަދި ކުރީގެ ހާލަތަށް މުޅިން އިއާދައެއް ނުކުރާނެއެވެ.
އެހެންނަމަވެސް، އުރުދުން އޮމާން އަދި ޔަހޫދީ ދައުލަތުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް މުވައްޒަފުން ފުރިހަމައަށް އަނބުރާ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް
ކުއްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަނީ
33 މިނިޓު ކުރިން

"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބީ ބަދަލެއް"
ގަޑިއިރެއް ކުރިން

ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުމަށް އަރުދޭ ކެމްބޯޑިއާ އަށް!
ގަޑިއިރެއް ކުރިން

މައްކާ ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ބަންގްލަދޭޝްގެ ޝައުޤުވެރިކަން
ގަޑިއިރެއް ކުރިން


