
ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުމަށް އަރުދޭ ކެމްބޯޑިއާ އަށް!

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 03:58
2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) އޮންނާނީ މިމަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމް ޕެންގައެވެ.
މި ކޮންފަރެސްގައި ދިވެހިރާއްޖޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ ވާހަކަ ދެއްކުމަށް ހަމަޖެހިފަ އެވެ.
މި ކޮންފަރެންސްގައި އަބުދުއްރަހީމް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް،
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.
އައި.އެސް.ސީއަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.
ގުޅުން ހުރި ޙަބަރުތައް
ކުއްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަނީ
34 މިނިޓު ކުރިން

"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބީ ބަދަލެއް"
ގަޑިއިރެއް ކުރިން

މެދުއިރުމަތީގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަލުން ސަފީރުން ފޮނުވަނީ
ގަޑިއިރެއް ކުރިން

މައްކާ ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ބަންގްލަދޭޝްގެ ޝައުޤުވެރިކަން
ގަޑިއިރެއް ކުރިން


