
މައްކާ ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ބަންގްލަދޭޝްގެ ޝައުޤުވެރިކަން

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 03:57
ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނުން އެކުގައި ޤާއިމްކޮށްފައިވާ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ބަންގްލަދޭޝްއިން ފާޅުކޮށްފިއެވެ.
ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނުން ގުޅިގެން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހު މައްކާގައެވެ. އެ އެއްބަސްވުމުގެ މަޤްސަދަކީ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ޤައުމުތަކުގެ މެދުގައި ދިފާޢީ އެއްބާރުލުން ދިނުން އިތުރުކޮށް، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމެވެ.
މި އެއްބަސްވުމުގައި ތުރުކީވިލާތުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ވަލީއަހުދު މުޙައްމަދް ބިން ސަލްމާންއެވެ. އަދި ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ހުމާޔުން ކަބީރު ވިދާޅުވީ ތިން ޤައުމުން ބައިވެރިވެފައިވާ ދިފާޢީ އެއްބަސްވުމުގައި އެ ޤައުމުން ވެސް ބައިވެރިވުމަށް ޝައުޤުވެރިވާކަން ހާމަކޮށްފައިވާ ކަމަށެވެ.
ބަންގްލަދޭޝްއަކީ މިހާރު ހައިބަތު ހުރި ޤައުމެއް ކަމަށާއި، މެދުއިރުމަތީގެ އާއި މުސްލިމް ދުނިޔޭގެ ބައިވެރިން އެ ޤައުމުތަކާއެކު އެކި މައިދާންތަކުގައި ބަންގްލަދޭޝް ވެސް މަސައްކަތްކުރުމުގެ ދައުވަތު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޠާރިޤް ރަޙްމާންގެ ބައިވެރިވުން އެ ޤައުމުތަކުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުމާޔުން ކަބީރު އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި، ނުވަތަ އިސްލާމީ ޤައުމުތަކުގެ މެދުގައި ސަލާމަތީ އެއްބަސްވުމެއް ޤާއިމް ކުރާނަމަ، އެ ދިމާލަކަށް ބަންގްލަދޭޝްއިން ދިޔުމަކީ އާދަޔާ ޚިލާފު ކަމެއް ނޫން ކަމަށެވެ. ބަންގްލަދޭޝްއިން އެ އެއްބަސްވުމުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ކުއްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަނީ
32 މިނިޓު ކުރިން

"ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބީ ބަދަލެއް"
ގަޑިއިރެއް ކުރިން

މެދުއިރުމަތީގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަލުން ސަފީރުން ފޮނުވަނީ
ގަޑިއިރެއް ކުރިން

ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުމަށް އަރުދޭ ކެމްބޯޑިއާ އަށް!
ގަޑިއިރެއް ކުރިން


