
މާލޭ ސިޓީ ކައުންސިލުން މާލޭގެ ވަށައިގެން ހުންނަ ތޮށިގަނޑުގައި ކުލަ ލަނީ
މާލޭ ސިޓީ ކައުންސިލުން މުޅި މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 26 ޖެނުއަރީ 2026 - 18:34
މާލޭ ސިޓީ ކައުންސިލުން މުޅި މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުން ސިލުން ވަނީ މާލޭގައި ކުރަމުންދާ މަސައްކަތް އެ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް މަސައްކަތުގެ ފޮޓޯ އަދި ވީޑިއޯ އާއި ބައެއް މައުލޫމާތު ރައްޔިތުންނާވެސް ހިއްސާ ކުރައްވާފަ އެވެ.
ސިތީ ކައުންސިލުން ފެށި މަސައްކަތުގެ ތެރޭގައި މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދު ސާފު ކުރުމާއި، ކިންގު ސަލްމާން މިސްކިތުގެ ދެކުނު ފަރާތުގައި ހަދާފައިވާ ޕާކިން ޒޯން ސަރަހައްދު ސާފު ކުރުމުގެ އިތުރުން މާލޭގެ ވަށައިގެން ހަދާފައިވާ ތޮށިގަނޑުވެސް ކުލަ ލައި ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތް ފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކާއި ހިނގާ މީހުންނަށް ހާއްސަކޮށްގެން ކުރަހާފައިވާ މަގުމަތީގެ ނިޝާންތައްވެސް މުޅިން އާކޮށް ކުލަލައި ޒީނަތްތެރި ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މަގުތަކުގެ މި ޕްރޮޖެކްޓުގެ ތެރެއިން މަގުތަކުގައި ހުރި ކުދިކުދި މަރާމާތުތައްވެސް ކުރަމުން އަންނަ ކަމަށެވެ. މި ހުރިހައި މަސައްކަތެއްވެސް ކުރަމުން ގެންދަނީ ސިޓީ ކައުންސިލްގެ މުއައްޒަފުންކަން ފާހަގަ ކޮށްލެވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ރަމަޝޯން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އެގޮތުން ހުޅުމާލޭ ފޭސް 2 ގައި ހުންނަ އަބޫބަކުރުއް ސިއްދީގު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިފަދަ ގިނަ މަސައްކަތްތަކެއް މި ދުވަސްވަރު ފަށާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ދައުރު ހަމަވާތީ އާ ދައުރަކަށް އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ހުޅުވާލާފައިވާއިރު މާލޭ ސިޓީގެ މޭޔަރު ކަމަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ކުރިމަތި ލައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަޕާނުގެ ކިއުޝޫ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
3 ގަޑިއިރު ކުރިން

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ޢުމާނުން އީރާނަށް އައު ހުށަހެޅުމެއް ހުށަހަޅައިފި
7 ގަޑިއިރު ކުރިން

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް: ޖަޕާން ސަފީރު
ދުވަހެއް ކުރިން
.webp&w=3840&q=75)
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް މަޝްވަރާތަކެއް
ދުވަހެއް ކުރިން


.gif&w=3840&q=75)