
ތަންފީޒު ކުރާނީ އިސްލާމީ އުސޫލު: ރައީސުލް ޖުމްހޫރިއްޔާ

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 04:42
ރާއްޖޭގެ ވެރިކަން ކުރައްވާނީ އިސްލާމީ އުސޫލާއި އެއްގޮތައް ކަމަށާއި، ތަންފީޒް ކުރައްވާނީ އިސްލާމީ އުސޫލު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވަމުން އަންނަ އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތް އަޅައި، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި މިދިޔަ އަހަރު، 19.4 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި ކަމަށާއި މި އަހަރު އެ މަސައްކަތަށް 15 މިލިއަން ހަމަޖައްސައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޒަކާތުގެ ނިޒާމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ އިތުބާރު ލިބިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރު ޒަކާތް ދައްކަމުން އަންނަ މިންވަރު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ހައްޖާ ގުޅޭ ކަންކަން ސައުދީ އަރަބިއާގައި 100 ޕަސެންޓު ފުރިހަމަ ކުރި ގައުމަކަށް ރާއްޖެވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ހާފިޒުންގެ އަގު ވަޒަންކޮށް، ގުރުއާން ހިތުދާސް ކުރުމަށް ހިތްވަރު ދިނުމަށް ހާފިޒުންނަށް ދޭ ފައިސާގެ އަދަދު މިދިޔަ އަހަރު 2،000 އިން 4،000 ރުފިޔާއަށް ބޮޑުކުރިކަން ފާހަގަކުރައްވާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ތަމްރީނު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ކުރާނެ ކަމަށް އިއުލާންކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތައް ފަށައިފި
4 މިނިޓު ކުރިން

އިސްރާއީލްގެ ރައީސަށް މަރުގެ އިންޒާރު ދީފި!
4 މިނިޓު ކުރިން

ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
4 މިނިޓު ކުރިން

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ
2 ގަޑިއިރު ކުރިން


